އެސްޓީއޯއިން ވިއްކާ ތެޔޮ އަގު ހެޔޮކޮށްފި އެވެ.
އެސްޓީއޯއިން ބުނީ އެ ކުންފުނީގެ ސަބްސިޑިއާރީ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސްގެ ޝެޑްތަކުން މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ވިއްކާނީ 15.14ރ ކަމަށާއި އަދި ޑީސަލް ލީޓަރެއް ވިއްކާނީ 15.70ރ. ކަމަށެވެ.
ކުރިން ޕެޓްރޯލް ލީޓަރެއް ވިއްކީ 15.97ރ. އަށެވެ. ޑީސަލް ލީޓަރެއް 16.32ރ. އަށެވެ. މިއީ، ޕެޓްރޯލް ލީޓަރަކުން 83ލ. އަދި ޑީސަލު ލީޓަރަކުން 62ލ.ގެ ހެޔޮވުމެކެވެ.
https://twitter.com/stoplc/status/1652750031202705408ތެލުގެ އަގު އެންމެ ފަހުން ހެޔޮކޮށްފައި ވަނީ މިދިޔަ އަހަރުގެ އޯގަސްޓު މަހު އެވެ.







