މާލެ: 31°C

ޕެންޝަން އޮފީހުގެ ޕްރައިވްޓް ސެކްޓަރ ތަމްސީލުކުރާ މެމްބަރުކަމަށް ޝަރުވަޝް

March 15, 2025
164 ފަހަރު ބަލާފައި
ޕެންޝަން އޮފީހުގެ ޕްރައިވްޓް ސެކްޓަރ ތަމްސީލުކުރާ މެމްބަރުކަމަށް ޝަރުވަޝް
ޕެންޝަން އޮފީހުގެ ޕްރައިވްޓް ސެކްޓަރ ތަމްސީލުކުރާ މެމްބަރުކަމަށް ޝަރުވަޝް

ޕެންޝަން އޮފީހުގެ ޕްރައިވްޓް ސެކްޓަރ ތަމްސީލުކުރާ މެމްބަރުކަމަށް ޝަރުވަޝް ހަމަޖައްސައިފި

ޕެންޝަން އޮފީހުން ބުނީ އެ އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރާ ދެ މެމްބަރުންގެ ގޮތުގައި އަހުމަދު ސަރުވަޝް އާދަމާއި އަބްދުލް މާޖިދު އަލީ އައްޔަނުކޮށްފައިވާ ކަމަށެވެ.

ފެންޝަން އޮފީހުގެ ބޯދުގެ މެމްބަރުކަމަށް އައްޔަނުކޮށްފައިވާ އަހުމަދު ސަރުވަޝް އަކީ ފިނޭންސް 2006 ވަނަ އަހަރުން ފެށިގެން މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓު އެގްޒެކެޓިވްގެ މަގާމުގައި ހުންނެވުމަށްފަހު އެމަގާމުން އިސްތިއުފާދެއްވާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ.

އިކޮނޮމިކްސް އާއި އެކައުންޓިން ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ ސަރުވަޝް ވަނީ މީރާގެ ޗެއާޕާސަންގެ އިތުރުން އެމްއެމްއޭ ބޯޑުގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.

2022 ވަނަ އަހަރު ވެސް ޕެންޝަން ބޯޑުގައި ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރާ މެމްބަރެއްގެ ގޮތުގައި ހުންނެވި މާޖިދު އެ ބޯޑަށް އައްޔަނުކުރައްވާފައިވަނީ ދެވަނަ ދައުރަކަށެވެ. ބޭންކިން އަދި ފައިނޭންސިން ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ މާޖިދު ވަނީ ސީއެމްޑީއޭ ބޯޑުގެ މެމްބަރުކަން ވެސް ކުރިން ކުރައްވައިފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ