މާލެ: 31°C
ޕެންޝަން ފަންޑުގެ ފައިދާ، އެންމެ ރަނގަޅުގޮތުގައި ބައިވެރިންނަށް ދޭން ބޭނުން: ރައީސް

ޕެންޝަން ފަންޑުގެ ފައިދާ، އެންމެ ރަނގަޅުގޮތުގައި ބައިވެރިންނަށް ދޭން ބޭނުން: ރައީސް

March 15, 2024
3 ފަހަރު ބަލާފައި
ޕެންޝަން ފަންޑުގެ ފައިދާ، އެންމެ ރަނގަޅުގޮތުގައި ބައިވެރިންނަށް ދޭން ބޭނުން: ރައީސް
ރިޓަޔަމަންޓް ޕެންޝަން ސްކީމްގެ ފައިދާ އޭގެ ބައިވެރިންނަށް އެންމެ ރަނގަޅުގޮތުގައި ލިބިދިނުމަކީ އެންމެ ބޭނުންވާ ގޮތް ކަމަށާއި، ޕެންޝަނާ ބެހޭ ގާނޫނު މިހާރު އޮތްގޮތުން އެކަން ކުރެވެން ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައްޔިތުންނަށް ސީދާ ރައީސުލްޖުމްހޫރިއްޔާ އާ ސުވާލު ކުރެވޭގޮތަށް ކުރިއަށްގެންދާ 'ރައީސްގެ ޖަވާބު' މިފަހަރު ޕްރޮގްރާމުގައި ރައްޔިތަކު ވަނީ ވަޒީފާއިން ވަކިވުމަށްފަހު ޕެންޝަން ފަންޑުގައި ހުރި ފައިސާ ލިބޭނޭ އިންތިޒާމެއް އޮތްތޯ ރައީސް ޑރ.މުހައްމަދު މުއިއްޒު އަރިހު ސުވާލު ކުރައްވާފައެވެ. ހުޅުމާލެ ފްލެޓް H-16-16-05، ފާޠިމަތު ޙަސަން މަނިކު ކުރެއްވި މި ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ ރިޓަޔަމަންޓް ޕެންޝަން ސްކީމަކީ ވަކި ގާނޫނެއްގެ ދަށުން ހިންގަމުންދާ ފަންޑެއްކަމަށާއި، ގާނޫނު މިހާރު އޮތްގޮތުން ވަޒީފާއިން ވަކިވި ނަމަވެސް ފައިސާ ނެގޭނޭ ގޮތެއް ނެތްކަމަށެވެ. https://twitter.com/governmentmv/status/1768582821545951347 ރައީސް ވިދާޅުވީ ޕެންޝަން ފަންޑުގެ ފައިދާ އެންމެ ރަނގަޅުގޮތުގައި އޭގެ ބައިވެރިންނަށް ދިނުމަކީ އެމަނިކުފާނު އެންމެ ބޭނުންވާ ގޮތްކަމަށާއި، އެކަން ކުރެވެން އޮތީ ރިޓަޔަމަންޓް ޕެންޝަނާ ބެހޭ ގާނޫނަށް ބަދަލު ގެނެސްގެންކަމަށެވެ. ރިޓަޔަމަންޓް ޕެންޝަން ސްކީމަކީ ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުން ޕެންޝަނަށް ފައިސާ ދައްކައިގެން ރިޓަޔަރމަންޓް ހަރަދު ބެލެހެއްޓޭ ގޮތަށް ފަރުމާކޮށްފައިވާ  ޕެންޝަން ނިޒާމެކެވެ. ބައެއް ފަހަރަށް ދިމާވާ މުހިއްމު ކަންކަމުގައި ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުންކުރެވޭނެ ގޮތެއް ނެތުމަކީ އެ ފަންޑުގެ ބައެއް ބައިވެރިންގެ ޝަކުވާއެކެވެ. ޕެންޝަން ފަންޑަކީ މިހާރު ރާއްޖޭގައި އޮތް އެންމެބޮޑު ފަންޑެވެ. މި ފަންޑުގެ ޖުމްލަ އަދަދު 19 ބިލިއަން ރުފިޔާއަށް އަރައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ