
ޕާސްޕޯޓު ހެދުމުގެ ހިދުމަތް ދެމުން އައި ވަގުތު އިތުރު ކޮށްފި
ޕާސްޕޯޓު ހެދުމުގެ ހިދުމަތް ދެމުން އައި ވަގުތު އިތުރު ކޮށްފި
ލިޔުން:
ޕާސްޕޯޓުގެ ހިދުމަތް ދެމުންއައި ވަގުތު އިމިގްރޭޝަން އިން އިތުރު ކުރަން ނިންމައިފިއެވެ.
އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވިދާޅުވީ، ޕާސްޕޯޓު ހިދުމަތް އެއްކޮށް ޖިގިޓަލައިޒްކޮށް، ހިދުމަތްދޭ ވަގުތު ރޭގަނޑު 9 އަކާއި ހަމައަށް އިތުރުކުރަން އިމިގްރޭޝަނުން ނިންމައިފައިވާ ކަމަށެވެ.
މީގެ އިތުރުން ހަނަފީ ވިދާޅުވީ، މި ބަދަލުތަކަކީ ރައްޔިތުން އެދޭފަދަ، ލުއި ފަސޭހަ އަދި އަވަސް ހިދުމަތެއް ފޯރުކޮށްދިނުމަށް ގެނެވުނު މުހިންމު ބަދަލުތަކެއް ކަމަށެވެ.
"ރައީސް ސޯލިހު އިސްވެ ހުންނަވައި، އަޅުގަނޑުމެން ކެނޑިނޭޅި މި ކުރާ މަސައްކަތަކީ، ރައްޔިތުންނަށް ލުއިފަސޭހަ ހިދުމަތެއް ފޯރުކޮށްދިނުން" ހަނަފީ ވިދާޅުވިއެވެ.
https://twitter.com/ImmigrationMV/status/1676204164320473089
މީގެ ކުރިން އިމިގްރޭޝަން ހިދުމަތް ދެމުން އައީ ހެނދުނު 8:00 އިން މެނދުރު ފަހު 2:00 އާއި ހަމައަށް ރަސްމީ ދުވަސް ތަކުގައެކަންޏެވެ. ނަމަވެސް މި ވަގުތު ތަކަށް ބޮޑެތި ބަދަލު ތަކެއްގެނެސް އިމިގްރޭޝަންއިން ބުނީ އަމާޒަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ހިދުމަތްތައް އަބަދުވެސް ހޯދޭނެ މަގު ތަނަވަސް ކޮށްދިނުންކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
