މާލެ: 31°C

ޕާޓީ އުވާލުމުން މައުމޫން ވެސް ވިދާޅުވީ، ފިކުރެއް ނައްތައެއް ނުލެވޭނެކަމަށް

ޕާޓީ އުވާލުމުން މައުމޫން ވެސް ވިދާޅުވީ، ފިކުރެއް ނައްތައެއް ނުލެވޭނެކަމަށް
May 25, 2023
2 ފަހަރު ބަލާފައި
ޕާޓީ އުވާލުމުން މައުމޫން ވެސް ވިދާޅުވީ، ފިކުރެއް ނައްތައެއް ނުލެވޭނެކަމަށް
ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ އިސްލާހީ ހަރަކާތްތައް ހިންގުމަށްޓަކާ އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުވާލާފައި ވަނިކޮށް ފިކުރެއް ނައްތައެއް ނުލެވޭނެކަމަަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ. ރައީސް މައުމޫނު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާހަކީ ފިކުރެއް ކަަމަށާއި ފިކުރެއް ނައްތައެއް ނުލެވޭނެ ކަމަށެވެ. " ފިކުރެއް ނައްތައެއް ނުލެވޭނެ " ކަމަށް ރައީސް ނަޝީދު ވެސް ވިދާޅުވެފައި ވެއެވެ. [embed]https://twitter.com/maumoonagayoom/status/1661630180690128896[/embed] 3000 މެމްބަރުން ހަމަނުވެގެން އިލެކްޝަންސަ ކޮމިޝަނުން އެމްއާރްއެމް އިއްޔެ އުވާލާފައިވާ ިއރު، އެ ޕާޓީގެ ރައީސް ފާރިޝް މައުމޫން ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން މުރާޖައާކޮށްދިމަށް އެދޭކަމަށާއި އެ ނިންމުން ބަދަލު ނުކޮށްފިނަމަ އެކަމުގައި ކޯޓަށް ވަޑައިގެންނެވުމަކީވެސް އޮތް ފުރުސަތެއްކަމަށެވެ. މިދިޔަ ފެބްރުއަރީ މަހުގެ ޕާޓީ އުވާލަން ނޯޓިސް ދިނުމާއިއެކު އެމްއާރްއެމުން ވަނީ 3000 މެންބަރުން ހަމަކޮށް އީސީއަށް ފޯމު ހުށަހަޅާފައެވެ. އެހެން ނަމަވެސް އެ ހުށަހެޅި ފޯމުތަކުގެ ތެރޭގައި ސައްހަ ނޫން ފޯމު ހުރުމާއި ޕާޓީން އިތުރު މެންބަރުން ވަކިވާން ފޯމު ހުށަހެޅުން ފަދަ ކަންކަން ހުރުމުން އެ ޕާޓީގެ ދަފްތަރުގައި 3000 މެންބަރުން ހަމަވާ ގޮތް ވަނީ ނުވެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ