އިލެކްޝަންސް ކޮމިޝަންގައި ދަފްތަރުކުރެވިފައިވާ ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ 2024 ޑިސެމްބަރު 31 އާއި ހަމައަށް އެ ކޮމިޝަނަށް ލިބިފައިވާ ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ ދަފްތަރު ޤާނޫނު ނަންބަރު 4/2013 :(ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 28 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފްތަރު ކުރެވިފައިވާ ފަރާތްތަކުގެ ޞައްޙަކަން ކަށަވަރުކުރުމަށްޓަކައި މެންބަރުންގެ މަޢުލޫމާތު ހިމެނޭ ލިސްޓު 2025 ޖަނަވަރީ 23 ވީ ބުރާސްފަތި ދުވަހު ޢާންމުކޮށްފައިވާ ކަމަށެވެ.
އަދި އެ ކޮމިޝަނުން އިއުލާނުކޮށްފައިވާ ލިސްޓްގައި ހިމެނޭ ފަރާތަކުން ޝަކުވާ ހުށަހަޅަން ބޭނުންނަމަ އެ ކޮމިޝަނުގެ ޝަކުވާ ޕޯޓަލް (ppr.elections.gov.mv) މެދުވެރިކޮށް އޮންލައިންކޮށް 2025 ޖަނަވަރީ 23 ވާ ބުރާސްފަތި ދުވަހުން 2025 ފެބުރުވަރީ 10 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 03:00 ގެ ނިޔަލަށް ހޫޅުވާލާފައިވާ ކަމަށާއި، އެގޮތުން އިލެކްޝަންސް ކޮމިޝަނުގެ ޝަކުވާ ޕޯޓަލްގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަކޮށް ސާފު ފޮޓޯއަ ކާއެކު ޝަކުވާ ހުށަހަޅަން އެދޭ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ރަސްމީ ލިޔުމެއްގެ ކޮޕީއެއް ހުށަހަޅަން ޖެހޭނެ ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން އިލެކްޝަން ކޮމިޝަނުގެ މައި އިދާރާއަށް ވަޑައިގެން ޝަކުވާ ޕޯޓަލް (ppr.elections.gov.mv) މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ވެސް އެ ކޮމިޝަނުން ހަމަޖައްސާފައިވާނެ ކަމަށާއި އެގޮތުން އިލެކްޝަން ކޮމިޝަނުގެ މައި އިދާރާއަށް ވަޑައިގެން ޝަކުވާ ހުށަހެޅުމަށް ހަމަޖެހިފައިވަނީ 2025 ޖަނަވަރީ 23 ވާ ބުރާސްފަތި ދުވަހުން 2025 ފެބުރުވަރީ 10 ވާ ހޯމަ ދުވަހުގެ ގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 03:00 ގެ ނިޔަލަށް ކަމަށްވެސް އެ ކޮމިޝަނުގެ އިއުލާނުގައި ބުނެފައިވެއެވެ.
އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓަރީ ކޮސްފައިވާ ސިޔާސީ ޕާޓީ ތަކުގެ މެމްބަރުންގެ ދަފްތަރ: އިލެކްޝަންސް ކޮމިޝަންގައި ދަފްތަރުކުރެވިފައިވާ ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފްތަރަށް ޝަކުވާ ހުށަހެޅުން - އިލެކްޝަންސް ކޮމިޝަން







