މާލެ: 31°C
ޕާޓީީ ކުރިއަށް ގެންދިޔުމަށް އަލުން މިވަނީ ތަރުތީބުވާން ޖެހިފައި: ޝާހިދު

ޕާޓީީ ކުރިއަށް ގެންދިޔުމަށް އަލުން މިވަނީ ތަރުތީބުވާން ޖެހިފައި: ޝާހިދު

May 2, 2024
3 ފަހަރު ބަލާފައި
ޕާޓީީ ކުރިއަށް ގެންދިޔުމަށް އަލުން މިވަނީ ތަރުތީބުވާން ޖެހިފައި: ޝާހިދު
ވިހިސައުވީސް އިންތިހާބުން ބަލިވުމަށް ފަހު ރޭ ވަނީ އެމްޑީޕީ ޤައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވާފައެވެ. މި ޖަލްސާގައި ވާހަކަ ދެއްކި ގިނަ މެންބަރުންވެސް ވަނީ އެމްޑީޕީގެ އަސްލު ރޫހުގައި ނުކުމެ، ވެއްޓިފައިވާ އަނދަވަޅުން ތެދުވެ ހިންދަމާލުމުގެ މުހިއްމުކަން ފާހަގަކޮށްފައެވެ. އިންހާބުން ބަލިވިނަމަވެސް ލީޑާޝިޕްގެ އެއްވެސް ބޭފުޅަކު އިސްތިފާދެއްވުމެއްގެ ވިސްނުމެއް ނުގެންގުޅުއްވައެވެ. ހުރިހާ ބޭފުޅުންވެސް ބޭނުންފުޅުވަނީ އަލުން ޕާޓީ ނަގާ ކޮޅަށް ޖަހައި، ހަރަކާތްތައް ފުޅާކުރާށެވެ. އެގޮތުން ރޭ ވަނީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުން ބަލިވި ސަބަބު ދެނެގަތުމަށް ދިރާސާއެއް ވެސް ހަަދަން ނިންމާފައެވެ. ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު އޭނާގެ ފޭސް ބުކް ޕޭޖުގައި ރޭ ލިއްވާފައިވެއެވެ؛ "‏އެމް ޑީ ޕީ ގެ ޤައުމީ މަޖިލީހުގެ ޖަލްސާގައި މިރޭ ބައިވެރިވިން. މި ޕާރީޓީ އަކީ ކާމިޔާބީ އާއި ނާކާމިޔާބީވެސް ތަޖުރިބާ ކޮށްފައިވާ ޕާޓީއެއް. ޕާޓީީ ކުރިއަށް ގެންދިޔުމަށް އަލުން މިވަނީ ތަރުތީބުވާން ޖެހިފައި. ޕާރޓީ ކުރިޔަށް ގެންދެވޭނީ ޢާންމު މެންބަރުންގެ ޚިޔާލާއި މަޝްވަރާ އާއި އެކު،" ޝާހިދު ވިދާޅުވެފައިވާ ގޮތުގައި ޕާޓީ އިތުރަށް ކުރިއަރުވައި، ކާމިޔާބާ ހަމައަށް ވާސިލްވެވޭނީ ޒުވާނުންގެ ދައުރު އިތުރުކޮށްގެންނެވެ. އަދި ‏ގުޅުންތައް ބަދަހިކޮށްގެންނެވެ. ‏"މި މަސައްކަތުގައި ކުރިއެކޭވެސް އެއްގޮތަށް ޕާޓީގެ މެންބަރުންނާއި އެކު އަޅުގަނޑު ސާބިތުވެ ހުންނާނަން،" ޝާހިދު ލިއުއްވާފައިވެއެވެ. މިއީ މުޅި ލީޑާޝިޕްގެ ވިސްނުން ހުރި ގޮތެވެ. މުޅި ގައުމީ މަޖިލީހުގެ ރޫހުވެސް ހުރި ގޮތެވެ. އެމްޑީޕީގެ ބައެއް އިސް އެކްޓިވިސްޓުން ސޯޝަލް މީޑިޔާގައި ބުނެފައިވާ ގޮތުގައި އިދިކޮޅުގައި އެމްޑީޕީން "މާމޮޅަށް ކުޅޭނެ"އެވެ. އަދި އެމްޑީޕީއަކީ ވެއްޓޭ ވަރަށްވުރެ އަވަހަށް ތެދުވާ ޕާޓީއެއް ކަމަށާއި ނާކާމިޔާބީގައި އަބަދުވެސް ހިތްވަރުގަދަކަން ދައްކާ ޕާޓީއެއްކަން ވެސް އެ އެކްޓިވިސްޓުން ފާހަގަކުރެއެވެ. ދަ ޑިމޮކްރެޓްސް އިސް ބައެއް މެންބަރުން ވެސް ވަނީ މިވަގުތު ގައުމަށާއި ރައްޔިތުންނަށް އެންމެ ފައިދާ ބޮޑުވާނީ އެމްޑީޕީއާ ގުޅިގެން ދެބައިމީހުން އެކުގައި ގޮސް ނަތީޖާ ނެރެގެންނެވެ. އެގޮތުން ދަ ޑިމޮކްރެޓްސް ޕާލިއަމެންޓް ޢަލީ އާޒިމް ދާދި ފަހުން ޓީވީ ޕްރޮގްރާމެއްގައި މިކަމަށް ވަރަށް ބޮޑަށް ބާރުއަޅާ ވާހަކަ ދައްކާފައިވެއެވެ. ވިހިސައުވީސް އިންތިހާބުގައި ދަ ޑިމޮކްރެޓްސްއަށް އެންމެ ގޮނޑިއެއްވެސް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ