މާލެ: 31°C
ޕާކިން ސްލޮޓްތަކާ ގުޅޭ ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

ޕާކިން ސްލޮޓްތަކާ ގުޅޭ ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

January 30, 2024
4 ފަހަރު ބަލާފައި
ޕާކިން ސްލޮޓްތަކާ ގުޅޭ ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

މާލޭ މަގުތަކުން ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ދޫކޮށްފައިވާ ޕާކިން ސްލޮޓުތަކާ ގުޅޭގޮތުން ޝަކުވާ ހުށަހަޅަން މާލެ ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.

އިއްޔެ މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި އެދިފައިވަނީ ޕާކިން ސްލޮޓުތަކާ ގުޅޭ ގޮތުން އެެއްވެސް ޝަކުވާއެއް އޮތް ނަމަ ފެބްރުއަރީ ފަހެއްގެ ކުރިން ޝަކުވާ ހުށަހެޅުމަށެވެ.

އަދި ޕާކިން ސްލޮޓު ލިބުނު މެސެޖަށް ފަހު އިތުރު މުއާމަލާތެއް ނުކުރާ މީހުންނާއި ޕާކިން ސްލޮޓް ލިބުނުކަން އެންގުމަށް ފަހު އެއްބަސްވުން ނުހަދާ ތިބި މީހުން ވެސް އެކަން ކައުންސިލަށް އަންގައިދިނުމަށް އެކައުންސިލުން އެދިފައި ވެއެވެ.

[embed]https://twitter.com/adamazim/status/1752193859306819862[/embed]

މާލޭގެ މަގުތަކުގައި ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ގިނަ ޕާކިން ޖާގަތަކެއް ވަނީ ދޫކޮށްފައެވެ. މިކަމާގުޅިގެން އާންމުންގެ ގިނަ ޝަކުވާތަކެއް ކުރަމުންދެއެެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ