މާލެ: 31°C

ޕާކުތަކަށް ވަންނަ ބިދޭސީންގެ އަތުން ފީ ނަގަނީ

ޕާކުތަކަށް ވަންނަ ބިދޭސީންގެ އަތުން ފީ ނަގަނީ
May 31, 2023
2 ފަހަރު ބަލާފައި
ޕާކުތަކަށް ވަންނަ ބިދޭސީންގެ އަތުން ފީ ނަގަނީ

މާލޭގެ ޕާކްތަކަށް ވަންނަ ބިދޭސީންގެ އަތުން ފީއެއް ނަގަން މާލޭ ސިޓީ ކައުންސިލުން މިއަދު ނިންމައިފި އެވެ.

މިއަދު ބޭއްވި މާލެ ސިޓި ކައުންސިލުގެ ޖަލްސާގައި އެގޮތަށް ނިންމީ، ސަލްޓަން ޕާކާއި ލޮނުޒިޔާރަތް ޕާކަށް ވަންނަ ބިދޭސީންގެ އަތުން ފީއެއް ނެގުމަށް މިއަދު ބޭއްވި ކައުންސިލްގެ މި ހަފުތާގެ އާންމު ޖަލްސާ އަށް މެމްބަރަކު ހުށަހެޅުއްވުމުންނެވެ.

އެކަމާ ކައުންސިލުގައި މަޝްވަރާކުރުމަށް ފަހު، ނިންމީ ޓޫރިސްޓުންނާއި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އަތުން ދެ އަގެއް ނެގުމަށެވެ.

އެ ޖަލްސާގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ޕާކްތަކާއި މައިޒާންތަކަށް ވަންނަ ބިދޭސީންގެ އަތުން ފީއެއް ނެގުމަކީ ބޭރު ގައުމުތަކުގައި ވެސް ކުރަމުން އަންނަ ކަމެއް ކަމަށެވެ.

"...އެއީ ތަހުޒީބީ ކަމެއް، ތަފާތުކުރުން ކަމަކަށް ނުބެލެވޭ. ހަމަ ނޯމަލް ޕްރެކްޓިސްއެއް އެއީ،" މޭޔަރު ވިދާޅުވި އެވެ.

ޕާކްތަކަށް ވަންނަ ބިދޭސީންގެ އަތުން ފީއެއް  މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްވިއެވެ.

އަދި ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި އަގުތައް ކަނޑައަޅާ، އަންނަ މަހު 15 އިން ފެށިގެން އެ ފީ ނަގަން ވެސް އެކައުސިލުން ނިންމިއެވެ. 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ