މާލެ: 31°C
ޕާކްކޮށްފައި އޮތް ވެހިކަލްގައި ޖެހި އެކްސިޑެންޓްވި ޒުވާނާ މަރުވެއްޖެ

ޕާކްކޮށްފައި އޮތް ވެހިކަލްގައި ޖެހި އެކްސިޑެންޓްވި ޒުވާނާ މަރުވެއްޖެ

March 7, 2024
2 ފަހަރު ބަލާފައި
ޕާކްކޮށްފައި އޮތް ވެހިކަލްގައި ޖެހި އެކްސިޑެންޓްވި ޒުވާނާ މަރުވެއްޖެ
ހުޅުމާލޭގައި ޕާކުކޮށްފައި އޮތް ވޭނެއްގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ މިއަދު މަރުވެއްޖެއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ހޯމަދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ. އެކްސިޑެންޓްގައި މަރުވެފައިވަނީ ކ. ހުރައަށް ނިސްބަތްވާ އުމުރުން 19 އަހަރުގެ މުޙައްމަދު ލަޔާން ޝަރީފެވެ. އެ އެކްސިޑެންޓު ހިނގާފައި ވަނީ ހުޅުމާލޭ ގުލްއަލާމާ ހިނގުމުން ހުޅަނގުން އިރަށް، ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލު، އިމިގްރޭޝަން ޑިޓެންޝަން ސެންޓަރު ކުރިމަތީ އޮތް ވޭނެއްގައި ޖެހިގެން ކަމަށެވެ. އެއީ އިމިގްރޭޝަނުގެ ވޭނެކެވެ. އެކްސިޑެންޓަށްފަހު ލަޔާން މަރުވީ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ. މި އެކްސިޑެންޓުގައި ލަޔާންގެ މޭކަށިގަނޑާއި، ބޮލަށާއި، ފުއްޕާމެއަށް ވަނީ ސީރިއަސް އަނިޔާތަކެއް ވެފައެވެ. މި އެކްސިޑެންޓުގައި އޭނާ ދުއްވި ސައިކަލު ވެސް އޮތީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. ހަމައެއާއެކު ވޭނަށް ވެސް ވަރަށް ބޮޑަށް އޮތީ ގެއްލުންވެފައެވެ. މި ފަހަކަށް އައިސް މާލެ ސަރަހައްދުގައި ހިނގާ އެކްސިޑެންޓުތަކުގެ އަދަދު އިތުރުވަމުން އަންނަކަމަށް ފުލުހުން ބުނެއެވެ. މިގޮތުން މިއަހަރުގެ ފުރަތަމަ ދެމަސްދުވަހު މާލެ ސަރަހައްދުގައި 450 ހަށްވުރެ ގިނަ އެކްސިޑެންޓް ވަނީ ހިނގާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ