މާލެ: 31°C
ޕާކް ކޮށްފައި އޮތް ވޭނެއްގެ ތެރޭ މަރުވެފައި އޮތް މީހަކު ފެނިއްޖެ

ޕާކް ކޮށްފައި އޮތް ވޭނެއްގެ ތެރޭ މަރުވެފައި އޮތް މީހަކު ފެނިއްޖެ

May 15, 2024
3 ފަހަރު ބަލާފައި
ޕާކް ކޮށްފައި އޮތް ވޭނެއްގެ ތެރޭ މަރުވެފައި އޮތް މީހަކު ފެނިއްޖެ
ހުޅުމާލެ ފޭސް އެކެއްގައި ޕާކް ކޮށްފައި އޮތް ވޭނެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ. ފުލުހުން ބުނީ ހުޅުމާލޭގެ ސަހަރާ ކުރިމަތީ މަގުގައި ޕާކުކޮށްފައި އޮތް މިނީ ވޭނެއްގެ ތެރޭގައި ހަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. ނަމަވެސް އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން މައުލޫމާތުދީފައިވެއެވެ. ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނިފައިވަނީ ބިދޭސީ ފިރިހެނެއް ކަމަށެވެ. ނޫކުލައިގެ އެ ވޭން ޕާކް ކޮށްފައި އޮތް ސަރަހައްދުގައި ފުލުހުން މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ. ފުލުހުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ އިރު، އެމީހާއާ ގުޅޭ އިތުރު ތަފުސީލެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ. މިއަދުގެ ވަގުތެއްގައި ހުޅުމާލޭގައި ވެހިކަލެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިފައިވާއިރު، މިމަހުގެ 13 ވަނަ ދުވަހު މާލޭ ބަނޑޭރިކޮށީގެ އެޕާޓްމެންޓެއްގެ ތެރެއިން ވެސް ވަނީ މަރުވެފައި އޮތް މީހަކު ފެނިފައެވެ. އެ ހާދިސާގައި މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ ފެނުނު އެޕާޓްމެންޓަކީ އެއްވެސް ބަޔަކު ދިރިނޫޅޭ އެޕާޓްމެންޓެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ