މާލެ: 31°C

ޕަރިނީތީގެ އެންގޭޖްމަންޓް އަންނަ ހޮނިހިރު ދުވަހު

ޕަރިނީތީގެ އެންގޭޖްމަންޓް އަންނަ ހޮނިހިރު ދުވަހު
May 11, 2023
2 ފަހަރު ބަލާފައި
ޕަރިނީތީގެ އެންގޭޖްމަންޓް އަންނަ ހޮނިހިރު ދުވަހު
ބޮލީވުޑްގެ ބަތަލާ ޕަރިނީތީ ޗޯޕްޅާގެ އެންގޭޖްމަންޓް ހަފުލާ މި މަހުގެ 13 ވާ ހޮނިހިރު ދުވަހު އޮންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ. މަޝްހޫރު ބަތަލާ ރައްޓެހިވެގެން އުޅެނީ ރާގަވް ޗައްޑާއާ އެވެ. ރާގަވް އަކީ އިންޑިއާގެ އިދިކޮޅު ޕާޓީއެއް ކަމަށްވާ އާމް އާދުމީ ޕާޓީ (އާޕް) ގެ މެމްބަރެކެވެ. އަދި އޭނާ އަކީ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ، ރާޖިއަ ސަބާގެ މެމްބަރެކެވެ. އިންޑިއާގެ ވެރިރަށް، ނިއު ދިއްލީގައި ބާއްވަން ހަމަޖެހިފައިވާ މި ހަފްލާގައި ބައިވެރިވަނީ ޖުމްލަ 150 ގެސްޓުންނެވެ. އެއީ ގާތް ރައްޓެހިންނާއި އާއިލާ މީހުންނެވެ. ރާގަވްއާ ރައްޓެހިވެގެން އުޅޭކަން ޕަރިނީތީ ކަށަވަރުކޮށް ނުދިން ނަމަވެސް، ދާދިފަހުންވަނީ މި ހަފްލާއަށް ދިއްލީއަށް ދިޔުމަށް ދެ މީހުން އެކީގައި އެއާފޯރޓް އިން ފެނިފައެވެ. އުމުރުން 34 އަހަރުގެ ފަރިނީތީ އަކީ ޕްރިޔަންކާ ޗޯޕްރާއާ ދެބޭންގެ ދެދަަރިންނެވެ. ނިއުސްތަކުން މައުލޫމާތު ދިން ގޮތުގައި ފަރިނީތީގެ އެންގޭޖްމެންޓްގައި އޭނާލަނީ، އިންޑިއާގެ މަޝްހޫރު ޑިޒައިނަރެއް ކަމަށްވާ މަނީޝް މަލްހޯތްރާގެ ވަރަށް ސިންޕަލް ރީތި ޑިޒައިނެކެވެ. ޕަތިނީތީ ޗޯފްރާ އެންމެ ފަހުން ފެނިގެންގޮސްފައިވަނީ، ސޫރާޖް ބަރްޖަތްޔާ އަދި ރާޖްޝްރީ ޕްރޮޑަކްޝަންސް އިން މިދިޔަ އަހަރު ޕްރޮޑިއުސްކޮށްފައިވާ "ޔޫންޗައި" އިންނެވެ. އެއީ އުމުރުން ދުވަސްވީ ތިން އެކުވެރިން، އެމީހުންގެ ހަތަރު ވަނަ އެކުވެރިޔާ ގެ އެންމެ ފަހުގެ އެދުން ފުއްދުމަށް އެވަރެސްޓް ބޭސް ކޭމްޕަށް ކުރާ ދަތުރަކަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ