
ޕެނަޑޯލް އަލުން ބޭނުންކުރުން ހުއްދަކޮށްފި
ޕެނަޑޯލް އަލުން ބޭނުންކުރުން ހުއްދަކޮށްފި
ލިޔުން:
ސްރީލަންކާއިން ރާއްޖެ އެތެރެކޮށްފައިވާ ޕެނެޑޯލްގެ ވަތްތަރެއް ކޮލިޓީ ދަށްވުމުގެ ސަބަބުން އެ ބޭސް ބޭނުންކުރުމަށާއި ވިއްކުން މަނާކޮށްފައި އޮތުމަށްފަހު، އޭގެ މުއާމަލާތް ކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު އަލުން ހުއްދަ ދީފިއެވެ.
މިދިޔަ މަހުގެ 30 ވަނަ ދުވަހުން ފެށިގެން ޕެނަޑޯލް ވިއްކުމާއި ބޭނުން ކުރުން އެމްއެފްޑީއޭއިން މަނާ ކޮށްފައިވަނީ ރާއްޖެ އެތެެރެކޮށް ވިއްކާ ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރުކުރުމަށް "ޕޯސްޓު މާކެޓް ސާވައިލަންސް ޕްލޭން" ހަަދައި ރޭންޑަމް ސާމްޕަލް ނަގައި ބޭހުގެ ކޮލިޓީޓިވް އަދި ކުއަންޓޭޓިވް ޓެސްޓުތައް ހެދިއިރު، ބޭހުގެ ބައެއް ގުޅަތައް ފުނޑުވެ ބޭސް ގުޅައިގެ ވަށައިގެން ތަންތަންކޮޅުން ނެއްޓިފައިވާކަން ފާހަގަކުރެވުމުންނެވެ.
އެ އޮތޯރިޓީން ބުނީ އާންމު ގޮތެއްގައި އެފަދަ މައްސަލަ ދިމާވަނީ ބޭސް ރައްކާތެރިކުރުމުގައި ފުރިހަމަކުރަންޖެހޭ މިންގަނޑުތައް ފުރިހަމަ ނުކުރުމުން ނުވަތަ، ބޭސް އުފެއްދުމުގައި ސަމާލުވާންވީ ކަންކަމަށް ނުބެލުމުންނެވެ.
އެގޮތުން، އެމްއެފްޑީއޭއިން މިއަދު ބުނީ ކުރި ޓެސްޓްތަކުގެ ނަތީޖާއިން ދައްކާގޮތުގައި ޕެނަޑޯލް ބްރޭންޑްގައި ހުންނަން ޖެހޭ މިންވަރަށް ބޭހުގެ ސްޓްރެންޓް ހުރިކަން ވަނީ ޔަގީން ކުރެވިފައެވެ. ބޭހުގެ ކޮލެޓީ މައްސަލައެއް ފާހަގަ ކުރެވިފައިވަނީ ބޭސް އުފުލާ ގެންގުޅުމުގަޔާއި ގުދަން ކުރުމުގައި ހިފަހައްޓަން ޖެހޭ މިންގަނޑުތައް ހިފެހެއްޓިފައި ނުވުމުގެ ސަބަބުން ކަމަށް ވެސް އެ އޮތޯރިޓީން ބުނެފައިވެއެވެ.
އަދި މިހާރު މައްސަލަ ފާހަގަ ކުރެވުނު ބެޗް މިހާރު މާކެޓްގައި ނެތް ކަމަށާއި އެހެން ކަމުން މިއަދު ފެށިގެން ބޭސް ވިއްކުމާއި ބޭނުން ކުރުމުގެ ހުއްދަ ކުރިއެކޭ އެއްގޮތަށް ދީފައިވާ ކަމަށް އެމްއެފްޑީއޭއިން ވަނީ އިއުލާނު ކޮށްފައެވެ.
"މިފަދަ މައްސަލަތައް އިތުރަށް ތަކުރާރު ނުވެ، ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ބޭސް އެއްތަނުން އަނެއްތަނަށް އުފުލުމާއި ގުދަން ކުރުމުގައި ބަހައްޓަންޖެހޭ މިންގަނޑުތައް، މިއޮތޯރިޓީގެ ފަރާތުން ޕަބްލިޝްކޮށް ބޭސް އިމްޕޯޓްކޮށް ވިއްކާ ފަރާތްތަކަށް ވާނީ އަންގާފަ" އެމްއެފްޑީއޭއިން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
