މާލެ: 31°C
ފަލަސްތީނުގެ ދިފާއުގައި މާދަމާ ހުޅުމާލޭގައި ވެހިކަލް ބުރެއް ބާއްވަނީ

ފަލަސްތީނުގެ ދިފާއުގައި މާދަމާ ހުޅުމާލޭގައި ވެހިކަލް ބުރެއް ބާއްވަނީ

June 6, 2024
2 ފަހަރު ބަލާފައި
ފަލަސްތީނުގެ ދިފާއުގައި މާދަމާ ހުޅުމާލޭގައި ވެހިކަލް ބުރެއް ބާއްވަނީ
އިޒްރޭލުން ފަލަސްތީނަށް ދެމުންދާ އުދުވާނީ ހަމަލާތަކާއި ދެކޮޅު ހެދުމުގެ ގޮތުންނާއި ފަލަސްތީނުގެ ރައްޔިތުންނާ އެކުގައި ތިބިކަން ހާމަކުރުމުގެ ގޮތުން މާދަމާ ހުޅުމާލޭގައި ވެހިކަލް ބުރެއް ބާއްވަން ހަމަޖައްސައިފިއެވެ. އިސްރާ ޖަމިއްޔާއިން ބުނީ މި އެއްވުން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:00 ގައި ހުޅުމާލެ ފިތުރޯނު މަގު، ފެރީ ޓާމިނަލް ކައިރިން ކަމަށެވެ. އަދި މި ރެލީގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އިސްރާ ޖަމިއްޔާ އިން ވަނީ އެދިފައެވެ. އިސްރާ ޖަމިއްޔާއިން މިދިޔަ ހުކުރު ދުވަހު ވެސް ވަނީ އާޓިފިޝާލް ބީޗުގައި އެއްވުމެއް ބާއްވައިފައެވެ. އެ އެއްވުމުގައި ވެސް ގިނަ ބަޔަކު ބައިވެރިވިއެވެ. މިދިޔަ އޮކްޓޯބަރު މަހު އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ފެށި ގަތުލުއާންމުގައި 36،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވެއެވެ. އޭގެ ތެރޭގައި 15،000 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ. އޭގެ އިތުރުން، އެ އުދުވާނީ ހަމަލާތަކުގެ ސަބަބުން 80،000 އަށްވުރެ ގިނަ މީހުން ޒަހަމްވެ ބަލި ހާލަތުގައި އަދިވެސް އެބަތިއްބެވެ. އަދި 10،000 އަށްވުރެ ގިނަ މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ