މާލެ: 31°C

ފަލަސްތީނު މައްސަލާގައި މިސަރުކާރުން ގެންގުޅެނީ ސެކިއުލާ ވިސްނުމެއް: ރައީސް ޔާމީނު

ފަލަސްތީނު މައްސަލާގައި މިސަރުކާރުން ގެންގުޅެނީ ސެކިއުލާ ވިސްނުމެއް: ރައީސް ޔާމީނު
August 23, 2024
2 ފަހަރު ބަލާފައި
ފަލަސްތީނު މައްސަލާގައި މިސަރުކާރުން ގެންގުޅެނީ ސެކިއުލާ ވިސްނުމެއް: ރައީސް ޔާމީނު
ފަލަސްތީނު މައްސަލާގައި މިސަރުކާރުން ގެންގުޅެނީ ސެކިއުލާ ވިސްނުމެއްކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލޮް ގައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު އެހެން ވިދާޅުވީ ރޭ ޕީއެންއެޕް ޕާޓީން ބޭއްވި ހަރުގެ ޖައްލާގައި ދެއްކެވި ވާހަކަ ފުޅެއްގައެވެ. ރޭ ދެއްކެވި ވާހަކަފުޅުގައި އެކަމުގެ ތަފްސީލް ދެއްވަމުން ރައީސް ޔާމީނު ވިދާޅުވީ އިޒްރޭލު މައްސަލާގައި މި ސަރުކާރުން ގެންގުޅެނީ ސެކިއުލާ ބޮޑެތި ގައުމު ތަކުގެ ވެރިން ގެންގުޅޭކަހަލަ ސިޔާސަތެއް ކަމަށާއި، އެ ސިޔާސަތަކީ އިޒްރޭލުން އެ ކުރަމުން ގެންދާ ކަންކަން ހުއްޓާލުމަށް އިލްތިމާސްކޮށްލުން ކަމަށެވެ. "މުއިއްޒުވެސް އިލްތިމާސް ކުރައްވަނީ، ހާރިޖީ ވަޒީރުވެސް އިލްތިމާސްކުރައްވަނީ ތިހަދަނީ ބޮޑު ގޯހެކޭ މިހާރުން މިހާރަށް ހުއްޓާލާށޭ، އިޒްރޭލުން އަޑުއަހަން މިތިބެނީ ދިވެހިރާއްޖެއިން ބުނަނީ ކީކޭތޯ، މިހާތަނަށް އިޒްރޭލުން ދިވެހިރާއްޖޭން ހުއްޓާލަން ނުބުނާތީ ހުއްޓާނުލާ ތިބީ އެހެން މި ބޭފުޅުންނަށް ހީފުޅުވަނީ މިބޭފުޅުން މިހާރުން މިހާރަށް ހުއްޓާލާށޭ ބުނާއިރަށް ހުއްޓާލާނެއޭ" ރައީސް ޔާމީނު ވިދާޅުވިއެވެ. އިތުރަށް ރައީސް ޔާމީން ވާހަކަ ދައްކަވަމުން ވިދާޅުވީ ހެޔޮހިތުން އެކަން ހުއްޓުވާލުމަށް އެހެން ވިދާޅުވާނަމަ އެކަމަށް އަމަލީ މަސައްކަތްތަކެއް ކުރާތަން ފެންނަން ވާނެކަމަށާއި އެހެންނަމަވެސް އިޒްރޭލުން މުދާ ގެނައުން މަނާ ކުރަން ނޫޅޭ ކަމަށާއި އިޒްރޭލު މީހުން މި ގައުމަށް އައުން މަނާކުރަން ނޫޅޭ ކަމަށާއި މި އަހަރަކީ ރާއްޖެއށް އެއްމެ ގިނައިން އިޒްރޭލު މީހުން މިގައުމަށް އައި އަހަރު ކަމަށެވެ. އެހެންވީމަ ސަރުކާރުން ދައްކާ ވާހަކައާއި އަމަލާ ދިމާނުވާކަމަށެވެ. އަދި ހުރިހާ ކަމެއްވެސް ސަރުކާރުން ކުރަމުންދަނީ އެހެންކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން މިހާތަނަށްވެސް އިލްމުވެރިންގެ ބަހެއް އިސްލާމިކް މިނިސްޓަރީގެ ބަހެއް ރައީސް ހޯއްދަވަން ނޫޅުއްވަނީ އިޒްރޭލް އެހާ މުހިއްމުވީމަތޯ ވެސް ރައީސް ޔާމީން ސްވާލު އުފެއްދެވިއެވެ. ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށް ވީހިނދު ރާއްޖެއިން ސެކިއުލާ ގައުމުތަކުން ގެންގުޅޭ ވިސްނުން ނުގެންގުޅެވޭނެ ކަމަށާއި، ރާއްޖެއިން އިޒްރޭލު މައްސަލާގައި ކަންކަން ނިންމަންވާނީ ދީނީ ނަޒަރަކުން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ