
ފަލަސްތީނަށް ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
ފަލަސްތީނަށް ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
ލިޔުން:
އިސްރާއީލްގެ އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން ގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފިއެވެ.
ޔަހޫދީ އިސްރާޢީލުގެ އަސްކަރީ މަތިންދާބޯޓުތަކުން ދަނީ މެދުކެނޑުމެއް ނެތި ޣައްޒާއަށް ވައިގެ ހަމަލާ ދެމުންނެވެ. އެ ހަމަލާތަކުގައި ފަލަސްތީނުގެ 31 މީހުން ޝަހީދުކޮށް، މީހުން ދިރިއުޅޭ އެތައް އިމާރާތްތަކެއް ވަނީ ބޮން އަޅައި ބިމާ ހަމަކޮށްފައެވެ. މި ހަމަލާތަކުގައި ފަލަސްތީނުގެ ކުށެއް ނެތް އެތަކެއް ބައެއް ވަނީ ޒަޚަމް ވެފައެވެ.
އެ އަމަލުތައް ކުށްވެރިކޮށް ދިވެހި ސަރުކާރު، ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އިސްރާއީލު ސިފައިންގެ އެ ޢަމަލުތަކަކީ ބައިނަލްއަޤްވާމީ ގާނޫނުތަކާއި، އދ.ގެ ސަލާމަތީ މަޖިލީހާއި، ޢާންމު މަޖިލީހުގެ ކަމާބެހޭ ޤަރާރުތަކާ ކަނޑައެޅިގެން ޚިލާފް ޢަމަލުތަކެއްކަމަށެވެ. އަދި، އެފަދަ ކަންކަމުގެ ސަބަބުން ސަރަހައްދުގެ ސުލްހަ މަސަލަސްކަން ގާއިމް ކުރުމަށް ކުރާ ހުރިހާ މަސައްކަތަކަށް ވެސް ހީނަރުކަން އަންނަކަން ފާހަގަކޮށްފައިވެއެވެ.
ބަޔާނުގައި ބުނެފައިވަނީ، މި މައްސަލައަށް ދާއިމީ ސުލްހަވެރި ހައްލެއް ގެނެވޭނީ ފަލަސްތީނާއި، އިސްރާއީލަކީ ވަކި ދެ ދައުލަތެއްގެ ގޮތުގައި ގާއިމް ކޮށްގެން ކަމަށާއި، މި މައްސަލައަށް ސުލްހަވެރި ހައްލެއް ގެނެވޭނީ 1967 ގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރި ރަށުގެ ގޮތުގައި ބަލައިގަނެގެން ކަމަށެވެ.
މީގެ އިތުރުން ބަޔާނުގައި ވަނީ، ފަލަސްތީނުގެ ރައްޔިތުންނަށް މިނިވަން އަދި މުސްތަޤިއްލު ދަޢުލަތެއް ޤާއިމުކުރުމަށާއި، އަބުރުވެރިކަމާއެކު ދިރިއުޅުމުގެ ހައްޤު ކަށަވަރުކުރުމަށް ކުރާ މަސައްކަތްތަކަށް ދިވެހި ސަރުކާރުން އަބަދުވެސް ތާޢީދުކޮށް، އެއްބާރުލުންދޭނެކަމުގައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
