ޕާކިސްތާނުގެ ބަލޯޗީ ޕްރޮވިންސްގައި ދެމުންދާ ހަމަލާތަކުގައި މަރާލި މީހުންގެ އަދަދު 60 އަށް އަރައިފި

ޕާކިސްތާނުގެ ބަލޯޗީ ޕްރޮވިންސްގައި ދެމުންދާ ހަމަލާތަކުގައި މަރާލި މީހުންގެ އަދަދު 60 އަށް އަރައިފި
ލިޔުން:
ޕާކިސްތާނުގެ ބަލޯޗީ ޕްރޮވިންސް ގެ ހަނގުރާމަވެރި ޖަމާއަތަކުން އެ ޕްރޮވިންސް ގެ އިކި ސަރަޙައްދުތަކުން ގިނަ އަދަދެއްގެ ބަޔަކު މިއަދު މަރާފައިވާއިރު މެރި މީހުންގެ އަދަދު 60 އަށް ވުރެ މައްޗަށް އަރައިފިކަމަށް ޕާކިސްތާނުގެ އަސްކަރީޔާއިން ބުނެފިއެވެ.
ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ބަލޯޗް ލިބަރޭޝަން އާމީ ގެ ހަނގުރާމަވެރިން ބަލޯޗީ ޕްރޮވިންސްގެ މަގުތަކަށް ނިކުމެ ބަސްތަކާއި ކާރުތަކާއި މަގުމަތިން ހިފަހައްޓައި ބަލާފާސްކުރުމަށްފަހު ޕަންޖާބްދަރިކޮޅުގެ މީހުން ދިޔައީ މަރަމުންނެވެ. އަދި ވެހިކަލްތަކަށްވެސް ދިޔައީ ހަމަލާދެމުންވެ.
ފުރަތަމަ ހާދިސާގައި ޕާކިސްތާނުގެ ޕަންޖާބު ޕްރޮވިންސަށް ނިސްބަތްވާ 23 މީހުން މަރާލާފައިވަނީ ބަލޯޗިސްތާނުގެ މުސާކިސްތާން ޑިސްޓްރިކްޓްގައި ދަތުރުކުރަމުން ދިޔަ ބަސްތަކުން މީހުން ބާލައި އެ މީހުންގެ ވަނަވަރު ބެލުމަށް ފަހު ދިން ހަމަލާއެއްގަ އެވެ.
މިއަދު ބަލޯޗީގައި ދެމުންދާ ހަމަލާތަކުގައި މަރުވިމީހުންގެ ތެރޭގައި ސިފައިންގެ 14 މީހަކާއި ހަނގުރާމަވެރި ޖަމާއަތުގެ 21 މީހުން މަރުވެފައިވާކަމަށް ސިފައިންވެސް ވަނީ ބުނެފައެވެ.
އެ ހާދިސާތަކާ ބެހޭ ގޮތުން ބަލޯޗިސްތާން ޕްރޮވިންސް ސަރުކާރުން ބުނެފައިވަނީ ހަނގުރާމަވެރިން މިހާތަނަށް 35 ވެހިކަލަކަށް ހަމަލާދީފައިވާކަމުގެ ރިޕޯޓް ލިބިފައިވާކަމަށެވެ.
ބަލޯޗް ލިބަރޭޝަން އާމީ އަކީ ބަލޯޗިސްތާނުގެ ގުދުރަތީ މުއްސަނދިކަމުގެ ނާޖާއިޒު ފައިދާ ނަހަމަ ގޮތުގައި ސަރުކާރުން ނަގަމުންދާ ކަމަށް ބުނެ، އެތައް ޒަމާނެއް ވަންދެން މަރުކަޒީ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުން އަންނަ ހަނގުރާމަވެރި ޖަމާއަތްތަކުގެ ތެރެއިން އެންމެ ބޮޑު ޖަމާއަތެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
