
ޕާކިސްތާނުން ރާއްޖެއައި މީހެއްގެ ފޮށިން 4.98 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި
ޕާކިސްތާނުން ރާއްޖެއައި މީހެއްގެ ފޮށިން 4.98 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި
ލިޔުން:
ޕާކިސްތާނުންް ރާއްޖެ އައި މީހެއްގެ ފޮށިން 4.98 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
މިކަން ހާމަކޮށް ކަސްޓަމްސްއިން ނެރުނު ބަޔާނެއްގައި ބުނީ މި ތަކެތި އަތުލައިގެންފައިވަނީ ވައިގެމަގުން ރާއްޖެއައި ޕާކިސްތާން ފަސެންޖަރެއްގެ ލަގެޖުން ކަމުގައެވެ. މިގޮތުން މިތަކެތި އަތުލައިގެންފައިވަނީ، މިއަދު ޕާކިސްތާނުގެ ކަރާޗީން ރާއްޖެއައި، ޕާކިސްތާނުގެ، އުމުރުން 53 އަހަރުގެ ފިރިހެން ޕަސެންޖަރަކާމެދު ޝައްކު ކުރެވިގެން އެނާއާއި ސުވާލުކޮށް، ބަލައި ފާސްކުރުމުގެ ތެރޭގައި ކަމުގައިވެސް ކަސްޓަމްސްއިން ހާމަކޮށްފައި ވެއެވެ. އޭނާ ބަލާ ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނުމުން، އެތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސްއިން ތަހުލީލު ކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ހެރޮއިންއަށް ޕޮސިޓިވްވެފައިވާކަމަށްވެސް ކަސްޓަމްސްއިން ވިދާޅުވިއެވެ.
މިމައްސަލާގައި އަތުލަގަނެވިފައިވާ މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 4.98 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 6 މިލިއަން ރުފިޔާއަށްވުރެ މަތިވާނެކަމަށް ލަފާކުރެވޭކަމަށްވެސް ކަސްޓަމްއިން މައުލޫމާތު ދެއެވެ.
ކަސްޓަމްސްއިން ވިދާޅުވެފައިވަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކާ، މި ޕަސެންޖަރާއި އޭނާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ދިވެހި ފުލުހުންގެ ޚިދުމަތާ ހަވާލު ކުރެވިފައިވާކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
