މާލެ: 31°C

ޕާކިސްތާނުން ރާއްޖެ އައި މީހެއްގެ އަތުން 10.14 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕާކިސްތާނުން ރާއްޖެ އައި މީހެއްގެ އަތުން 10.14 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި
June 5, 2023
2 ފަހަރު ބަލާފައި
ޕާކިސްތާނުން ރާއްޖެ އައި މީހެއްގެ އަތުން 10.14 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި
ޕާކިސްތާނުން ރާއްޖެ އައި މީހެއްގެ އަތުން 10.14 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާރވިސް އިން އަތުލައިގެންފިއެވެ. ކަސްޓަމްސްއިން ނެރުނު ބަޔާނެއްގައި ބުނީ މި ތަކެތި އަތުލައިގެންފައިވަނީ މިއަދު ޕާކިސްތާނުގެ ފައިސަލް އާބާދުން ރާއްޖެ އައި ޕާކިސްތާނުގެ މީހަކަށް ޝައްކު ކުރެވިގެން ސުވާލުކޮށް ބަލާފާސް ކުރުމުގެ ތެރޭގައިކަމަށެވެ. އޭނާ ބަލާ ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނުމުން، އެތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސްއިން ތަހުލީލު ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިން އަށް ވަނީ ޕޮޒިޓިވް ވެފައިވާކަމަށް ކަސްޓަމްސް އިން ބުންޏެވެ. ކަސްޓަމްސިން ބުނީ އެތަކެތީގެ ބަރުދަނުގައި 10.14 ކިލޯ ހުރިކަމަށާއި، މިތަކެތީގެ މަގުމަތީ އަގު 13 މިލިއަން ރުފިޔާ އަށް ވުރެން މަތިވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ ޕާކިސްތާނުގެ އުމުރުން 25 އަހަރުގެ ފިރިހެނެކެވެ. ކަސްޓަމްސްއިން ބުނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކާ، މި ޕަސެންޖަރާއި އޭނާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ދިވެހި ފުލުހުންގެ ހިދުމަތާ ހަވާލު ކުރެވިފައިވާކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ