އޯޝަން ރިސްކް އެންޑް ރިސިލިއެންސް އެކްޝަން އެލަޔެންސް (އޯއާރްއާރްއޭއޭ) ގެ ބޯޑުގެ ޑިރެކްޓަރުގެ މަގާމަށް ކުރީގެ އެންވަރަންމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ އައްޔަންކޮށްފިއެވެ.
އޯއާރްއާރްއޭއޭއަކީ ކަނޑު ފަޅުގެ ރައްކާތެރިކަމާއި ގޮނޑުދޮށް ސަރަހައްދުގައި ދިރިއުޅޭ ކޮމިއުނިޓީތަކުގެ ތަރައްގީއަށް އިންވެސްޓްމެންޓް ހޯދުމަށް މަސައްކަތްކުރާ ބައިނައްލަގުވާމީ ޖަމިއްޔާއެކެވެ.
އެގޮތުން، އޯއާރްއާރްއޭއޭގެ މަގުސަދަކީ 2030 ގެ ނިޔަލަށް އެފަދަ ސަރަހައްދުތަކަށް 500 މިލިއަން ޑޮލަރު އިންވެސްޓުކުރުމެވެ.
އެ ޖަމިއްޔާއިން ވަނީ ކުރީގެ މިނިސްޓަރު ޝައުނާއަށް މަރުހަބާ ކިޔައި، ފާއިތުވެދިޔަ އަހަރުތަކުގައި ތިމާވެށީގެ ދާއިރާއަށް ޝައުނާ ކުރެއްވި ހިދުމަތްތައް ފާހަގަކޮށްފައެވެ.
ޝައުނާ ވަނީ 2021 އިން 2023 އާއި ހަމައަށް ރާއްޖޭގެ މިނިސްޓާ އޮފް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ މަގާމު އަދާކުރުމުގެ އިތުރުމަށްފަހު 2018 އިން 2021 އަށް ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީގެ މަގާމު އަދާކުރައްވާފައެވެ.







