މާލެ: 31°C

އޯޕަން ގަވަރުމަންޓް ޕާޓްނާޝިޕް ޖަމިއްޔާގެ މެމްބަރަކަށް ރާއްޖެ ވެއްޖެ

February 8, 2025
178 ފަހަރު ބަލާފައި
އޯޕަން ގަވަރުމަންޓް ޕާޓްނާޝިޕް ޖަމިއްޔާގެ މެމްބަރަކަށް ރާއްޖެ ވެއްޖެ
އޯޕަން ގަވަރުމަންޓް ޕާޓްނާޝިޕް ޖެމިއްޔާ (އޯޖީޕީ)ގެ މެމްބަރަކަށް ދިވެހިރާއްޖެ ވެއްޖެ އެވެ.

އޯޕަން ގަވަރުމަންޓް ޕާޓްނާޝިޕް ޖަމިއްޔާ (އޯޖީޕީ)ގެ މެމްބަރަކަށް ދިވެހިރާއްޖެ ވެއްޖެ އެވެ.

އޯޕަން ގަވަރުމަންޓް ޕާޓްނާޝިޕް ޖެމިއްޔާ (އޯޖީޕީ) އަކީ 2011 ވަނަ އަހަރު އުފެދުނު ޖަމްއިއްޔާ އެކެވެ. އެ ޖަމިއްޔާގެ މެމްބަރުންގެ ގޮތުގައި މިހާރު 77 ގައުމުވަނީ އެ ޖަމްއިއްޔާ އާއި ގުޅިފައެވެ.

ރާއްޖެއިން ރަސްމީކޮށް އޯޖީޕީއާ ގުޅިފައި ވަނީ މިމަހުގެ 5 އިން 7 އަށް ފިލިޕީންސްގެ ވެރިރަށް މެނިލާގައި ކުރިއަށްދިޔަ އޯޖީޕީ އޭޝިއާ އަދި ޕެސިފިކް ރީޖަނަލް ބައްދަލުވުމުގެ ތެރެއިންނެވެ. އަދި އެ ބައްދަލުވުމުގައި ރާއްޖެއިން ވަނީ ބައިވެރިވެފައެވެ. އެ ބައްދަލުވުމުގައި އެކި ގައުމުތަކުގެ ސަރުކާރުތަކުގެ ވެރިންނާއި އިޖުތިމާޢީ ޖަމްޢިއްޔާ ޖަމާއަތްތަކުގެ ވެރިންނާއި ސިޔާސަތުތައް ކަނޑައަޅާ ބޭފުޅުންނާއި ބައިނަލްއަޤްވާމީ އެކި ސްޓޭކް ހޯލްޑަރުން ބައިވެރިވި އެވެ.

އެ ބައްދަލުވުމާއި އަދި އެ ޖަމްއިއްޔާގެ މެމްބަރަކަށް ރާއްޖެ ވުމާ ގުޅޭގޮތުން ލޯކަލް ގަވަރުމަންޓް މިނިސްޓަރ އާދަމް ޝަރީފް އެކްސްގައި ކުރައްވާފައިުވާ ޕޯސްޓެުގައި ވިދާޅުވެފައިވަނި އެ ޖަމްއިއްޔާގެ މެމްބަރަކަށް ރާއްޖެ ވުމަކީ ހެޔޮ ވެރިކަމެއް ކުރުމަށް ހިތްވަރުދޭ މާހައުލެއް ބިނާކުރުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށެވެ.

އަދި ރާއްޖެ އިން އޯޖީޕީއާ ގުޅުމުން އާންމު އަދި މަދަނީ ޖަމިއްޔާތަކުގެ ބައިވެރިވުން ކުރިއެރުވުމަށާއި، ޖަވާބުދާރީވުމާއި، ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރުމުގެ އިތުރަށް ހެޔޮ ވެރިކަމެއް ކުރުމަށް ހިތްވަރުދޭ މާހައުލެއް ބިނާކުރުމުގައި އެހީތެރިވެދޭނެ ކަމަށެވެ. އަދި މިއީ ކޮރަޕްޝަނާ ދެކޮޅަށް އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވެސް އެހީތެރިވެދޭނެ ކަމެއް ކަމަށް ވިދާޅުވެފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ