
އޮންލައިން ބޭންކިންއަށް ވަނުމަށް ޓޫ-ފެކްޓާ އޯތެންޓިކޭޝަން ބައެއް ކަސްޓަމަރުންނަށް ބޭނުންނުކުރެވޭ
އޮންލައިން ބޭންކިންއަށް ވަނުމަށް ޓޫ-ފެކްޓާ އޯތެންޓިކޭޝަން ބައެއް ކަސްޓަމަރުންނަށް ބޭނުންނުކުރެވޭ
ލިޔުން:
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިއްޔެ ތައާރަފްކުރި އޮންލައިން ބޭންކިން ހިދުމަތަށް ލޮގިން ކުރުމަށް ޓޫ-ފެކްޓާ އޮތެންޓިކޭޝަން، ބައެއް ކަސްޓަމަރުންނަށް ބޭނުންކުރުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ބީއެމްއެލް އިން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނީ ކަސްޓަމަރުންގެ ރައްކާތެރިކަމަށް އަޅާ އިތުރުފިޔަވަޅެއްގެ ގޮތުން މޯބައިލް ބޭންކިން ލޮގިންއަށް ޓޫ-ފެކްޓަރ އޮތެންޓިކޭޝަން (2FA) އިއްޔެ ތައާރަފްކޮށްފައިވާކަމަށެވެ.
މި ފެށޭ ހަފްތާތެރޭގައި އެ ހިދުމަތް އިންޓަނެޓް ބޭންކިންގއަށް ވެސް ލިބިގެންދާނެކަމަށް ބީއެމްއެލް އިން ބުންޏެވެ. ބީއެމްއެލް އިން ބުނީ މި އަޕްޓޭޑް އާއެކު، ލޮގިންވާ ފަރާތަކީ ރަޖިސްޓްރީވެފައިވާ ކަސްޓަމަރުކަން ޔަގީން ކުރުމަށްޓަކައި އިތުރު ސެކިއުރިޓީ ލެޔާއެއް އިތުރުކުރެވިގެންދާނެކަމަށެވެ.
"އެޕް އަޕްޓޭޑް ކުރުމާއެކު، ކަސްޓަމަރުންނަށް މޯބައިލް ބޭންކިންގ އެޕް އަށް ލޮގިން ވުމަށްފަހު، ލޮގިންވުމުގެ ދެވަނަ ސްޓެޕެއްގެ ގޮތުގައި އޯޓީޕީ (ވަން ޓައިމް ޕާސްވޯޑް) ޖަހަންޖެހޭނެއެވެ. ރަޖިސްޓްރީކޮށްފައިވާ މޯބައިލް ނަންބަރު ނުވަތަ އޮތެންޓިކޭޓަރ އެޕް މެދުވެރިކޮށްވެސް އޯޓީޕީ ޖެނެރޭޓް ކުރެވޭނެއެވެ." ބީއެމްއެލް އިން ބުންޏެވެ.
ނަމަވެސް ބައެއް ކަސްޓަމަރުންނަށް ޔޫޒަރނޭމް ނުވަތަ ޕާސްވޯޑް ހަނދާން ނެތިގެން ލޮގްއިން ނުކުރެވިގެން އުޅޭ ކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށް ބީއެމްއެލް އިން ބުންޏެވެ. އަދި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން އެ ކަސްޓަމަރުންނަށް މިވަގުތު އިންޓަނެޓާއި މޮބައިލް ބޭންކިންގެ ޕާސްވޯޑް ރީސެޓް ނުކުރެވޭ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
ބީއެމްއެލް އިން ދަނީ އެކަން ހައްލުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އެ ކުންފުނިން އެކަމުގެ ސަބަބުން ކުރިމަތިވާ އުދަނގުލަަށް އިހްލާސްތެރިކަމާއެކު މައާފަށް އެދޭ ކަމުގައި ވެސް އެ ބޭންކުން ބުނެފައިވެއެވެ.
ބީއެމްއެލް އިން އިއްޔެ ތަައާރަފްކުރި ޓޫ-ފެކްޓާ އޮތެންޓިކޭޝަންގެ މައިގަނޑު މަގްސަދަކީ ސްކޭމްތައް ހިންގާ ފަރާތްތަކުން އެމީހުންގެ އުކުޅުތައް އެކި ދުވަސްވަރު އެކި ގޮތްގޮތަށް ބަދަލަކުރަމުން އަންނާތީ، އެކަމުން ކަސްޓަމަރުން ރައްކާތެރިކޮށްދިނުމެވެ. އެ ބޭންކުން ތަކުރާރުކޮށް އެދެނީ ޕާސްވޯޑް ފަދަ ކަސްޓަމަރުންގެ ޒާތީ މައުލޫމާތު އެހެން އެއްވެސް މީހަކާ ހިއްސާނުކުރުމަށެވެ. އަދި ދޭތެރެ ދޭތެރެއިން ޕާސްވޯޑް ބަދަލުކުރުމާއި ވަރުގަދަ ޕާސްވޯޑް އެއް ބޭނުންކުރުމަށް ވެސް އެ ބޭންކުން އިލްތިމާސް ކުރެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މިރޭ ބާއްވާ އެއްވުމުގެ މައުލޫމާތު ކުރިން ހިއްސާއެއްނުކުރޭ، ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިންގާނަމަ ވަގުތުން ފިޔަވަޅު އަޅާނަން: ފުލުހުން

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
