ވަން ޑައިރެކްޝަންގެ ރީޔޫނިއަންއެއް ބާއްވަން އުޅެނީ

ވަން ޑައިރެކްޝަންގެ ރީޔޫނިއަންއެއް ބާއްވަން އުޅެނީ
ލިޔުން:
ހުނަރުވެރި ފަސް ފިރިހެން ލަވަކިޔުންތެރިންނާއި އެކު، 2010 ވަނަ އަހަރު އުފެދިގެން އައި "ވަން ޑައިރެކްޝަން" ގެ ރީޔޫނިއަންއެއް ކުރިޔަށް އޮތްތާ ފެނިގެން ގޮސްދާނެ ކަމުގެ އިޝާރާތެއް އެ ބޭންޑްގެ މެމްބަރަކު ދީފިއެެވެ.
ސޯޝަލް މީޑިއާގައި އާއްމުވަމުން ދިޔަ ވީޑިއޯއަކުން ފެންނަ ގޮތުން، ކުރީގެ އެ ބޭންޑްގެ މެމްބަރެއް ކަމަށްވާ ލިއަމް ޕޭން ބުނެފައިވަނީ "ވަން ޑައިރެކްޝަން" ގެ ލަވަކިޔުންތެރިން ހިމެނޭހެން އާ ގްރޫޕް ޗެޓެއް ހަދާފައިވާ ކަމަށެވެ. ބެލެވޭ ގޮތުގައި އަވަސް މުއްދަތެއްގެ ތެރޭގައި އެ ބޭންޑްގެ ރީޔޫނިއަންއެއް ފެނިގެންދިޔުމުގެ ފުރުސަތު ބޮޑެވެ.
ރިޕޯޓަރަކު ބޭންޑް އަލުން ގުޅިދާނެ ކަމާމެދު ސުވާލު ކުރުމުން ލިއަމް ބުނީ، އަދި އެހެން ބުނާކަށް ނޭނގޭ ކަމަށާއި، އެކަމަކު އަލުން އާ ގްރޫޕް ޗެޓެއް މިހާރު ފަށާފައިވާ ކަމަށެވެ.
އެ ވީޑިއޯ އެކި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވައިރަލްވެ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ވަން ޑައިރެކްޝަނަށް ލޯބިކުރާ މީހުންގެ މެދުގައި ފޯރިއާއި ޖޯޝް ވަނީ އާލާވެފައެވެ. އަދި ޓްވީޓާގައި ވެސް ފޭނުން ވަނީ އެ ބޭންޑް އަލުން ގުޅުމަށް ކެތްމަދުވެފައި ތިބި ކަމަށް ބުނެފައެވެ.
އޭގެ އިތުރުން ޖޭމްސް ކޯޑެންސް ފައިނަލް "ދަ ލޭޓް ލޭޓް ޝޯ" ގައި، ކުރީގެ އެ ބޭންޑްގެ އެހެން މެމްބަރެއް ކަމަށްވާ ހެރީ ސްޓައިލްސް ވެސް ވަނީ ކުރިއަށް އޮތްތަނުގައި ވަން ޑައިރެކްޝަން ރީޔޫނިއަން އެއް އޮތުމާ ބެހޭ ގޮތުން މަޝްވަރާކޮށްފަ އެވެ.
"އަހަރެން ނުބުނާނަން އާއެކޭ ވެސް އަދި ނޫނެކޭވެސް، އަދި ދުވަހަކުވެސް ނުވާނެ އެކޭވެސް. އެކަމަކު ފުރުސަތު ލިބިއްޖެ ނަމަ އެކަން ނުކުރަންވީ ސަބަބެއް އަހަންނަކަށް ނުފެނޭ" ހެރީ ބުންޏެވެ.
ވަން ޑައިރެކްޝަންގެ ގިނަ ދުވަސްވީ ސަޕޯޓަރެއް ކަމަށްވާ ކޯޑަން ވަނީ އޭނާގެ "ކާޕޫލް ކަރައޯކޭ" ސެގްމަންޓުގައި ބައިވެރިވުމަށް ބޭންޑް މެމްބަރުންނަށް ހިތްވަރުދީފަ އެވެ.
ވަން ޑައިރެކްޝަންއަކީ 5 ފިރިހެން ލަވަކިޔުންތެރިންނާއިއެކު އިނގިރޭސިވިލާތުގެ ލަންޑަންގައި އުފެދުނު ބޯއީބޭންޑް އެކެވެ. ހެރީ ސްޓައިލްސް، ނައިއަލް ހޯރަން، ލޫއީ ޓޮމްލިންސަން، ލިއަމް ޕޭން، އަދި ޒޭން މަލިކް ހިމެނުނު މި ބޭންޑްއަކީ ބެލުންތެރިންގެ ހިތްތައް އެމީހުންގެ މިއުޒިކާއި، އަދި އެކުވެރިކަމާއި އަދި ދިގު ހަނދާން ނައްތާނުލެވޭ ފަދަ ތާރީހެއް އޮތް ބޭންޑެކެވެ. ނަމަވެސް 2015 ވަނަ އަހަރު، ޒޭން މަލިކް ބޭންޑުން ވަކިވިތާ އަހަރެއްހާ ދުވަސް ފަހުން މުޅި ބޭންޑް ވަނީ ރޫޅިފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
