
އޮންއެރައިވަލް ވިސާގައި މިސްްރަށް ދަތުރު ކުރެވޭ ގޮތް ހަމަޖެހިއްޖެ
އޮންއެރައިވަލް ވިސާގައި މިސްްރަށް ދަތުރު ކުރެވޭ ގޮތް ހަމަޖެހިއްޖެ
ލިޔުން:
މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން އޮންއެރައިވަލް ވިސާގައި ދިވެހިންނަށް މިސްރަށް ދަތުރު ކުރެވޭ ގޮތަށް އަލުން ދިވެހި ރާއްޖެ ހިމަނައިފިއެވެ.
މިކަމާ ގުޅިގެން ފޮރިން މިނިސްޓާރު އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، "ވިސާ އޮން އެރައިވަލް" ލިބޭ ގައުމުތަކުގެ ލިސްޓުގައި އަލުން ދިވެހިރާއްޖެ ހިމަނުއްވައިދެއްވިކަމަށްޓަކައި މިސްރުގެ ފޮރިން މިނިސްޓަރ ސަމެހް ޝުކްރީއަށް ޝުކުރު ދަންނަވާ ކަމަށެވެ.
މީގެ އިތުރުން މިނިސްޓާރު ޝާހިދު ވިދާޅުވީ މިކަމަކީ ދިވެހިރާއްޖެއާއި މިސްރާ ދެމެދު އޮތް ހާއްސް ގުޅުން ރަމްޒުކޮށްދޭ އަލިގަދަ ހެއްކެއް ކަމަށެވެ.
https://twitter.com/abdulla_shahid/status/1670303669424893953
މި މަސް ފެށުނު އިރު މިހާތަނަށް 56 ގައުމަކުން، އެ ގައުމުތަކަށް ދަތުރުކުރާ ދިވެހިންނަށް އޮންއެރައިވަލް ވިސާ ދޫކުރާކަން ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން "ވިސާ އޮން އެރައިވަލް" ލިސްޓުގައި ދިވެހިރާއްޖެ ހިމެނުމާއިއެކު ވިސާ ހޯދުމަކާއި ނުލާ އެގައުމަށް 30 ދުވަހުގެ މުއްދަތަކަށް ދިވެހިންނަށް ދަތުރު ކުރުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
