
އޮމާން އެއާގެ ދަތުރުތައް ރާއްޖެއަށް ފަށައިފި
އޮމާން އެއާގެ ދަތުރުތައް ރާއްޖެއަށް ފަށައިފި
ލިޔުން:
މެދުއިރުމަތީގެ މަޝްހޫރު ގައުމެއް ކަމަށްވާ އޮމާންގެ ގައުމީ އެއާލައިންގެ ދަތުރުތައް ރާއްޖެ އަށް ފަށައިފިއެވެ.
އެ އެއާލައިންގެ ދަތުރުތައް އިއްޔެ ފަށާފައިވަނީ ރާއްޖޭގެ މައި އެއާޕޯޓް ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށެވެ.
މި ދަތުރުތައް ހަފުތާއަކު ހަތަރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، އޮމާން އާއި ރާއްޖެއާ ދެމެދު ކުރާ ދަތުރުތަކުގެ ޓިކެޓުގެ އަގަކީ 385 ޑޮލަރެވެ.
[embed]https://twitter.com/VelanaAirport/status/1672568937253605377?s=20[/embed]
50 ބޯޓާއެކު އޮމާން އޭވިއޭޝަން ގްރޫޕުން އޮޕަރޭޓްކުރާ މި އެއާލައިންގެ ހިދުމަތް ފަށާފައިވަނީ މީގެ 30 އަހަރު (1993) ކުރީގައެވެ. މިހާރު މި އެއާލައިން ދުނިޔޭގެ 53 މަޒިލަކަށް އުދުހެއެވެ.
އޮމާން އެއާ އިން އިއްޔެ ރާއްޖެއަށް ދަތުރުތައް ފަށާފައިވާއިރު، މީގެ ކުރިން 2019 އާއި 2016 އަދި 2018 ގައި އެ އެއާލައިން ވަނީ ރާއްޖެއަށް ދަތުރުތަކެއް ބާއްވާފައެވެ.
އޮމާން އެއާގެ އިތުރުން، ރާއްޖޭ އަށް މިހާރު ވެސް އަންނަނީ ބޭރުގެ 35 އެއާލައިނަކުން ދަތުރުތަައް ބާއްވަމުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
