
އޮމާން އެއާގެ ދަތުރުތައް މި މަހު ރާއްޖެ އަށް ފަށަނީ
އޮމާން އެއާގެ ދަތުރުތައް މި މަހު ރާއްޖެ އަށް ފަށަނީ
ލިޔުން:
މެދުއިރުމަތީގެ މަޝްހޫރު ގައުމެއް ކަމަށްވާ އޮމާންގެ ގައުމީ އެއާލައިންގެ ދަތުރުތައް މި މަހު ރާއްޖެ އަށް ފަށަން ތައްޔާރުވެއްޖެއެވެ.
އޮމާން އެއާގެ ދަތުރުތައް ރާއްޖެއަށް ފަށަން ހަމަޖެހިފައިވަނީ މި މަހުގެ 24 ވަނަ ދުވަހުން ފެށިގެންނެވެ. މިކަމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ އިރު މި ދަތުރުތައް ބާއްވާނީ ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.
50 ބޯޓާއެކު އޮމާން އޭވިއޭޝަން ގްރޫޕުން އޮޕަރޭޓްކުރާ މި އެއާލައިންގެ ހިދުމަތް ފަށާފައިވަނީ މީގެ 30 އަހަރު (1993) ކުރީގައެވެ. މިހާރު މި އެއާލައިން ދުނިޔޭގެ 53 މަޒިލަކަށް އުދުހެއެވެ.
އޮމާން އެއާގެ އިތުރުން، ރާއްޖޭ އަށް މިހާރު ވެސް އަންނަނީ ބޭރުގެ 35 އެއާލައިނަކުން ދަތުރުތަައް ބާއްވަމުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
