
އޮލިންޕަސް ބުކިންއަށް ހުޅުވާލައިފި
އޮލިންޕަސް ބުކިންއަށް ހުޅުވާލައިފި
ލިޔުން:
ފިލްމު ދެއްކުމަށާއީ ޝޯ ބޭއްވުމަށައި އަދި ފަންނުވެރިކަމުގެ ދާއިރާއާ ގުޅުންހުރި ކަންކަމަށް އޮލިމްޕަސް ތިއޭޓަރު ބުކް ކުރަން ހުޅުވާލައިފި އެވެ.
ނެޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ އޮލިމްޕަހުގައި އެކިއެކި ހަރަކާތްތައް ބޭއްވުމަށް އެދޭ ފަރާތްތަކުން މިއަދުން ފެށިގެން އެޑްވާންސް ބުކިންގް އަށް ހުޅުވާލައިފައިވާ ކަމަށެވެ. އެ އިއުލާނުގައިވާ ގޮތުން އޮލިމްޕަސް ބޭނުންކުރަން ފަށާނީ އަންނަ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު އެވެ. އެހެންވީމާ އެ ތަނުގައި ހަރަކާތްތައް ހިންގަން ބުކް ކުރެވޭނީ ޖެނުއަރީ 15 ވަނަ ދުވަހުން ފެށިގެން ކުރިއަށް އޮތް ތާރީހު ތަކަށެވެ.
ބުކިން ހަދާ ފަރާތްތަކުގެ ތެރެއިން އެންސީއޭއިން އިސްކަން ދޭނީ އޮލިމްޕަސް ބަންދުކުރި އިރު އެތަން ބުކްކޮށް އެޑްވާންސް ފައިސާ ދައްކާފައިވާ ފަރާތްތަކަށެވެ.
..."އޮލިމްޕަސް އަލުން ބުކް ކުރަން ހުޅުވާލާއިރު، ކޮވިޑްގެ ޙާލަތާއި ގުޅިގެން 2020 ވަނަ އަހަރު އޮލިމްޕަސް ބަންދު ކުރިއިރު ފިލްމު ދެއްކުމަށް އޮލިމްޕަސް ބުކްކޮށް، އެޑްވާންސް ދައްކާފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ".. އެންސީއޭގެ އިއުލާނުގައި ބުނެފައިވެއެވެ.
އޮލިމްޕަސް ބަންދުކުރީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން 2020 ވަނަ އަހަރު އެވެ. އޭރު އޮލިމްޕަސް ބަންދުކުރުމަށް ފަހު އެތަން މަރާމާތުކުރުމުގެ ބޮޑެތި މަސައްކަތްތަތައެކް ސަރުކާރުން ކުރި އެވެ. އެ މަރާމާތުތަކަށް ފަހު އަލުން ހުޅުވަން މީގެ ކުރިން ދިން ތާރީހުތަކަށް މަސައްކަތް ނުނިމި ލަސްވުމުން ފަންނުވެރިން ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އޮލިމްޕަހަކީ ޕަރފާމަންގ އާޓްސް ދާއިރާއަށް ހާއްސަ ކޮށްގެން ރާއްޖޭގައި ހުޅުވި އެންމެ މުހިންމު ބިނާއެވެ. އެތަން ހުޅުވީ 21 މޭ 1959 ގަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
