މާލެ: 31°C

އޯލެވެލް/އޭލެވެލްގެ ގަދަ 10 އަކަށް އެވޯޑް ދިނުން އަންނަ ހަފްތާގައި

އޯލެވެލް/އޭލެވެލްގެ ގަދަ 10 އަކަށް އެވޯޑް ދިނުން އަންނަ ހަފްތާގައި
May 9, 2023
2 ފަހަރު ބަލާފައި
އޯލެވެލް/އޭލެވެލްގެ ގަދަ 10 އަކަށް އެވޯޑް ދިނުން އަންނަ ހަފްތާގައި
މިދިޔަ އަހަރުގެ އޯލެވެލް އާއި އޭލެވެލް އިމްތިހާނުގެ ގަދަ 10 ގައި ހިމެނުނު ކުދިންނަށް އެވޯޑް ދިނުމުގެ ހަފުލާ މި މަހު އޮންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފިއެވެ. މިދިޔަ އަހަރުގެ އޯ ލެވެލް އިމްތިހާނުން ރާއްޖޭގެ ޓޮޕް 10 ގައި 847 ދަރިވަރަކާއި އޭ ލެވެލް އިން ރާއްޖޭގެ ޓޮޕް 10 ގައި 441 ދަރިވަރަކު ހިމެނިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޓޮޕް 10 ގައި ހިމެނުނު ދަރިވަރުންގެ އަދަދު ގިނަވުމުގެ ސަބަބުން އޯލެވެލް އިމްތިހާނުގެ އެވޯޑް ދިނުމުގެ ހަފުލާ ބާއްވަން ނިންމާފައި ވަނީ ދެ ދުވަހަށް ބަހާލައިގެން ކަމަށެވެ. އެއީ މި މަހުގެ 17 އަދި 18 ގައެވެ. އަދި އޭލެވެލްގެ އެވޯޑް ދިނުމުގެ ހަފުލާ ބާއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 31 ވަނަ ދުވަހުއެވެ. މިދިޔަ އަހަރު މުޅި ޖުމްލަ 5،939 ކުދިން އޯލެވެލް އިމްތިހާނުގައި ބައިވެރިވެފައިވާއިރު، އޭލެވެލް އިމްތިހާނުގައި އިށީނީ 2،849 ކުދިންނެވެ. އޯލެވެލްގައި ޖުމްލަ 847 ދަރިވަރަކު ޓޮޕް 10 ގައި ހިމެނި، އެވޯޑް ދޭ އިރު، އޭގެ ތެރޭގައި ހިމެނެނީ 499 އަންހެން ދަރިވަރަކާއި 348 ފިރިހެން ދަރިވަރުންނެވެ. އަދި އޭލެވެލްގައި 441 ދަރިވަރަކު ހިމެނުނު އިރު އޭގެ ތެރޭގައި ހިމެނެނީ 266 އަންހެން ދަރިވަރުންނާއި 155 ފިރިހެން ދަރިވަރުންނެވެ. ކުރިން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ގަދަ 10 ގައި ހިމެނުނު ކުދިންނަށް އެކި މާއްދާތަކުންނާއި ދުނިޔޭގެ ފެންވަރުގެ ވަނަތަކަށް ބަލައި އެވޯޑް ދެއެވެ. އޭގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އިނާމު ވެސް އެ ކުދިންނަށް ދެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ