
އޮތްގޮތަކީ ޤާސިމްގެ ފަހަތަށް ރައީސް ސޯލިހު އެރުން: އަހުމަދު ތާރިގް
އޮތްގޮތަކީ ޤާސިމްގެ ފަހަތަށް ރައީސް ސޯލިހު އެރުން: އަހުމަދު ތާރިގް
ލިޔުން:
ކުރިއަތް އޮތް ރިޔާސީ އިންތިހާބު މިހާރު ސަރުކާރު ހިންގާ ކޯލިޝަނަށް ކާމިޔާބުކުރެވެން އޮތް ގޮތަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމްް އިބްރާހިމްގެ ފަހަތަށް ރައީސް ސޯލިހު އެރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް ވިދާޅުވެއްޖެއެވެ.
ޤާސިމް އިބްރާހިމަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި މެމްބަރު ތޯރިޤް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް އަކީ ރައީސް ސޯލިހަށްވުރެ ސީނިއަރ ޕޮލިޓީޝަން ކަމަށެވެ. އަދި ޤާސިމް އިބްރާހިމަކީ 1985 ވަނަ އަހަރުންފެށިގެން އިސްލާހީ މަސައްކަތުގައި ދެމިހުރި ފަރާތެއްކަމަށް ޓޮމްގެ ޓްވީޓްގައިވެއެވެ
"ހާލަތްތަކެއް މެދުވެރި، ނަސީބަކުން ވެރިކަމަށް އާދެވުމަކީ ކޮންމެފަހަރަކު ޤާސިމްގެ ތާއީދު ރައީސް ސޯލިހަށް ލިބޭނެކަމެއްނޫނެވެ. އޮތްގޮތަކީ ޤާސިމްގެ ފަހަތަށް ރައީސް ސޯލިހުއެރުމެވެ. ނޫނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ޤާސިމް ފަހަތަށް އެރުމެވެ. ރައީސް ނަޝީދުގެ ތާއީދު ޤާސިމްއަށް ލިބިއްޖެނަމަ ރައީސް ސޯލިހު ދެވަނަ ބުރަށް ދަތުރުކުރާނެކަމަށް ނުބެލެވެއެވެ." ޓޮމްގެ ޓްވީޓްގައިވެއެވެ.
2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މަހިބަދޫ ދާއިރާއަށް ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓެއް ކުރިމަތިލާފައި ވަނިކޮށް ޤާސިމް އިމްރާހިމް ތާއީދު ކުރީ ޓޮމް އަށެވެ. މަހިބަދޫ ދާއިރާގެ ގޮނޑި ޓޮމް ކާމިޔާބުކުރެއްވީ ޤާސިމްގެ ތާއީދާ އެކުގައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
