މާލެ: 31°C
އޮފިޝަލަކަށް ވުމުގެ ފުރުސަތު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެސް ދެނީ

އޮފިޝަލަކަށް ވުމުގެ ފުރުސަތު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެސް ދެނީ

March 7, 2024
3 ފަހަރު ބަލާފައި
އޮފިޝަލަކަށް ވުމުގެ ފުރުސަތު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެސް ދެނީ
ކުރިއަށްއޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ އޮފިޝަލުންގެ ގޮތުގައި ބައެއްކަހަލަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ހަރަކާތްތެރިވުމުގެ ފިރުސަތު ފުރަތަމަ ފަހަރަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދެއްވައިފިއެވެ. އީސީން ވަނީ މަޖިލިސް އިންތިހާބުގެ ވޯޓުލާ މަރުކަޒުގައި އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވުމުގެ ފުރުސަތު އަޑުއިވުމާއި ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެއްވާފައެވެ. އަދި މިފަރާތްތަކަށް ހާއްސަކޮށްގެން ތަމްރީން ޕްރޮގްރާމެއް ވެސް ވަނީ ބާއްވާފައެވެ. އީސީން ބުނި ގޮތުގައި އަޑުއިވުމާއި ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށް ބޭއްވި ތަމްރީން ޕްރޮގްރާމްގައި އިންތިހާބުގެ ޕްރޮސެސްއާއި ގާވާއިދުތަކުގެ އިތުރުން ހަވާލުކުރެވޭ މަގާމުގެ މަސްއޫލިއްޔަތު ދަސްކޮށްދެއްވާނެ ކަމަށެވެ. އަދި އިންތިހާބުގައި ބައިވެރިވާ އެހެން އޮފިޝަލުންނާއި އެމީހުންނާއި ތަފާތު ނުކުރައްވާނެ ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ. https://twitter.com/ElectionsMv/status/1765338639276605582 އީސީން ބުނީ އެފަރާތްތަކަށް ވޯޓުލާ މަރުކަޒުތަކުގައި އެކިއެކި މަސްއޫލިއްޔަތު ހަވާލު ކުރައްވާނެ ކަމަށާއި އޭގެ ތެރޭގައި އިނގިލީގައި ފާހަގަޖެހުމާއި ކިއުނަމްބަރު ދޫކުރުމުގައި ވެސް ހަރަކާތްތެރި ވާނެ ކަމަށެވެ. މިއަހަރުގެ މަޖިލީސް އިންތިހާބުގައި އަޑުއިވުމާއި ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ 9 މީހުން ބައިވެރިވާއިރު، އެހެން ފަރާތްތަކަށް ވެސް ދެވޭ އުޖޫރަ އެފަރާތްތަކަށް ވެސް ދޭނެ ކަމަށް އީސީން ބުނެފައިވެއެވެ، ރާއްޖޭގައި މީގެކުރިން ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން ވޯޓް ލަމުންދިޔައީ އެހެން މީހެއްގެ އެހީތެރިކަމާއެކުއެވެ. ނަމަވެސް އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން މިދިޔަ ރިޔާސީ އިންތިހާބުގައި ވަނީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަމިއްލައަށް ވޯޓްލެވޭނެ ގޮތަށް ޓެމްޕްލޭޓެއް ތައްޔާރުކޮށް އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓް ލެވޭނެ ގޮތްވަނީ ހަމަޖައްސަވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ