
އޯލެވެލްގައި ރަނގަޅު ނަތީޖާ ހޯދާދޭ ޓީޗަރުންނަށް އެވޯޑު ދީފި
އޯލެވެލްގައި ރަނގަޅު ނަތީޖާ ހޯދާދޭ ޓީޗަރުންނަށް އެވޯޑު ދީފި
ލިޔުން:
"ވެހި އޯ ލެވެލް ސަކްސެސް ޕްރޮގްރާމް 2023″ ގެ ނަމުގައި 37 ޓީޗަރަކަށް އެވޯޑުދީފިއެވެ.
ޢިއްޒުއްދީން ސްކޫލުގައި ރޭ ބޭއްވި މި ޙަފްލާ ޝަރަފްވެރިކޮށްދެއްވާ، އެވޯޑުތައް ހަވާލުކޮށްދެއްވީ އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީއެވެ.
"ވެހި އޯ ލެވެލް ސަކްސެސް ޕްރޮގްރާމް" އަކީ ސްކޫލް ވެހި ޕްރޮގްރާމްގެ ދަށުން އޯ ލެވެލް އިމްތިޙާނުން ދަރިވަރުންނަށް ރަނގަޅު ނަތީޖާ ހޯދައިދީ، އެ ނަތީޖާ ހިފެހެއްޓުމަށް ނަމޫނާ މަސައްކަތް ކުރާ މުދައްރިސުންގެ އަގުވަޒަންކުރުމަށްޓަކައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ފަށާފައިވާ ޕްރޮގްރާމެއްކަމަށް އެޑިއުކޭޝަނުން ބުންޏެވެ.
އެ ޕްރޮގްރާމްގެ ދަށުން ރޭ ރާއްޖޭގެ 26 ސްކޫލަކުން 37 މުދައްރިސުނަށް އެ އެވޯޑު ދިނެވެ.
[embed]https://twitter.com/MoEdumv/status/1653982361393197056[/embed]
އެ ވޯޑު ދީފައި ވަނީ 3 ކެޓެގަރީއަކުންނެވެ. އެއީ:
– އޯލެވެލް އެލީޓް އެވޯޑް: މިއީ އެ މުދައްރިސަކު ކިޔަވައިދެއްވާ މާއްދާއިން މެދުނުކެނޑި 15 އަހަރު ދަރިވަރުންގެ އޯ ލެވެލް އިމްތިހާނުގެ ނަތީޖާ 60% އަށް ވުރެ މަތީގައި ހިފެހެއްޓެވި މުދައްރިސުންނަށް ދެވޭ އެވޯޑެއް.
– އޯލެވެލް އެޗީވްމަންޓް އެވޯޑް: މިއީ އެ މުދައްރިސަކު ކިޔަވައިދެއްވާ މާއްދާއިން މެދުނުކެނޑި 10 އަހަރު ދަރިވަރުންގެ އޯ ލެވެލް އިމްތިހާނުގެ ނަތީޖާ 60% އަށް ވުރެ މަތީގައި ހިފެހެއްޓެވި މުދައްރިސުންނަށް ދެވޭ އެވޯޑެއް.
– އޯލެވެލް އެކްސެލެންސް އެވޯޑް: މިއީ އެ މުދައްރިސަކު ކިޔަވައިދެއްވާ މާއްދާއިން މެދުނުކެނޑި 5 އަހަރު ދަރިވަރުންގެ އޯ ލެވެލް އިމްތިހާނުގެ ނަތީޖާ 60 އިންސައްތަ އަށް ވުރެ މަތީގައި ހިފެހެއްޓެވި މުދައްރިސުންނަށް ދެވޭ އެވޯޑެއް.
ދަރިވަރުންގެ ނަތީޖާ ރަނގަޅު ކުރުމަށާއި ސްކޫލްތަކުގެ ހިންގުން ހަރުދަނާ ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ގެންދަވަނީ ޕްރޮގްރާމްތައް ހިންގަވަމުންނެވެ. އެގޮތުން "ސްކޫލް ވެހި" ޕްރޮގްރާމަކީ މިގޮތަށް ހިންގަވާ ޕްރޮގްރާމެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
