މާލެ: 31°C

ނާސިންގެ ދާއިރާއިން މާސްޓާސްއަށް ކިޔަވަން ސްކޮލަޝިޕް ފުރުސަތުތަކެއް ހުޅުވާލައިފި

December 14, 2022
2 ފަހަރު ބަލާފައި
ނާސިންގެ ދާއިރާއިން މާސްޓާސްއަށް ކިޔަވަން ސްކޮލަޝިޕް ފުރުސަތުތަކެއް ހުޅުވާލައިފި
ނާސިންގެ ދާއިރާއިން މާސްޓާސްއަށް ކިޔަވަން ސްކޮލަޝިޕް ފުރުސަތުތަކެއް ހުޅުވާލައިފި
ނާސިންގެ ދާއިރާއިން ރާއްޖޭން ބޭރުން، މާސްޓާސް  ޑިގްރީ ހަދަން 15 ސްކޮލަޝިޕް ފުރުސަތެއް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފި އެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނެއްގައިވާ ގޮުތުން ނާސިންގެ ދާއިރާއިން މާސްޓާސް ޑިގްރީ ހެދުމުގެ ސްކޮލަޝިޕް ފުރުސަތުތައް ހާއްސަކުރާނީ އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ހިމެނޭ ގޮތުން އަށް ހޮސްޕިޓަލެއްގައި މަސައްކަތްކުރާ ނަރުހުންނަށެވެ. އެމިނިސްޓްރީއިން ބުނި ގޮތުގައި ނާސިން ދާއިރާއިން މާސްޓާސް ހަދަން، ސަރުކާރުން ހުރިހާ ހަރަދުތަކެއް ކުރާ ގޮތަށް ދޭ އެ ސްކޮލަޝިޕްތަކުގައި ކިޔެވޭނީ  ސާކްގެ ގައުމެއްގައި ނުވަތަ މެލޭޝިއާ، ފިލިޕީންސްގެ ޔުނިވާސިޓީތަކުންނެވެ. އެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ގެ އެއް ޝަރުތަކީ ނާރސިންގް ދާއިރާއިން ބެޗްލާސް ޑިގްރީއެއް ހާސިލް ކޮށްފައިވުމެވެ. މޯލްޑިވްސް ނާރސިންގް އެންޑް މިޑްވައިފްރީ ކައުންސިލްގައި ރަޖިސްޓްރީވެފައިވާ ފަރާތެއް ކަމަށް ވުމަކީ ވެސް އެ ސްކޮލަޝިޕްތަކަށް ކުރިމަތިލެވޭނެ ޝަރުތެކެވެ.  

ސްކޮލަޝިޕް ފުރުސަތު ލިބޭ ހޮސްޕިޓަލްތައް

  • އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް / 2 ޖާގަ
  • ހުޅުމާލެ ހޮސްޕިޓަލް / 2 ޖާގަ
  • އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް / 2 ޖާގަ
  • މ. މުލީ ރީޖަނަލް ހޮސްޕިޓަލް / 1 ޖާގަ
  • ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް / 2 ޖާގަ
  • ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް / 2 ޖާގަ
  • ލ. ގަން ރީޖަނަލް ހޮސްޕިޓަލް / 2 ޖާގަ
  • ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް / 2 ޖާގަ
  އެ ސްކޮލަރޝިޕްގެ ދަށުން ކިޔަވަން ކެންޑިޑޭޓް އިހްތިޔާރުކުރާ މަތީތައުލީމުދޭ މަރުކަޒަކީ އަދި ކިޔަވާ ޕްރޮގްރާމަކީ، މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް އާއި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ގަބޫލުކުރާ މަރުކަޒެއްކަމާއި، ކޯހެއްކަން ކަށަވަރު ކުރަންވާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ އިއުލާނުގައި ބުންޏެވެ. އެ ސްކޮލަޝިޕްްތަކަށް ކުރިމަތިލުމުގެ މުހުލަތު ހަމަވާނީ މިމަހުގެ 29 ވަނަ ދުވަހު އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ