
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ދޮށީ އުމުރުގެ މީހުންގެ ޤައުމީ ދަފުތަރެއް އެކުލަވާލަނީ
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ދޮށީ އުމުރުގެ މީހުންގެ ޤައުމީ ދަފުތަރެއް އެކުލަވާލަނީ
ލިޔުން:
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ދޮށީ އުމުރުގެ މީހުންގެ ޤައުމީ ދަފުތަރެއް އެކުލަވައިލުމަށް ސަރވޭއެއް ކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ.
މިއީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސްއިން ވަޒީރުންގެ މަޖިލީހަށް މިއަދު ހުށައަޅައި މަޝްވަރާކުރެވުނު ކަރުދާހެކެވެ.
ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު ނިންމަވާފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ދޮށީ އުމުރުގެ މީހުންގެ ޤައުމީ ދަފުތަރު އެކުލަވައިލުމަށް ޤައުމީ ފެންވަރުގައި ސާވޭއެއް ކުރިއަށްގެންދިއުމަށް، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސްއާއި، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމަންޓުން އެއްބަސްވުމެއް އެކުލަވައިލެއްވުމަށެވެ.
މީގެ އިތުރުން ސަރވޭ ޕްލޭންކުރުމުގައި ކަމާގުޅުންހުރި އިދާރާތައް ޝާމިލުވާ ޓެކްނިކަލް ޓީމެއް އެކުލަވައިލުމަށާއި އާބާދީ 1000 އަށްވުރެ މަދު ރަށްތަކުގައި ސަރވޭ ކުރިއަށްގެންދާނީ ރަށު ކައުންސިލުންކަމުގައި ކަނޑައެޅުއްވިއެވެ.
ހަމަ އެގޮތަށް އާބާދީ 1000 އަށްވުރެ މަތިނަމަ، ވޮލަންޓިއަރުންގެ އެހީތެރިކަމާއެކު ސަރވޭ ކުރިއަށްގެންދާނެ އުސޫލެއް ކަނޑައެޅުމަށާއި ސަރވޭއިން އެއްކުރެވޭ މަޢުލޫމާތުގެ އަލީގައި، ދައުލަތުގެ ނިޒާމުގެ ތެރެއަށް ނުވަދެވި، ހަވާސާވެފައި ތިބި ދޮށީ އުމުރުގެ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ފާހަގަކޮށް، އެމީހުންނަށް ފުރަތަމަ މަރުޙަލާގައި ދޭންޖެހޭ އެހީތެރިކަމަކީ ކޮބައިކަން ދެނެގަނެ، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ފޯރުކޮށްދިނުމަށްވެސް ވަޒީރުންގެ މަޖިލީހުގައި ނިންމެވިއެވެ.
މީގެ އިތުރުން މިކަން ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށް މުހިންމު އިތުރު ނިންމެވުންތަކެއް ނިންމެވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
