މާލެ: 31°C
ނުކުޅެދޭ މީހުންނަށް ހާއްސަކޮށް 500 ފްލެޓް އެޅުމަށް ނިންމައިފި

ނުކުޅެދޭ މީހުންނަށް ހާއްސަކޮށް 500 ފްލެޓް އެޅުމަށް ނިންމައިފި

February 5, 2024
4 ފަހަރު ބަލާފައި
ނުކުޅެދޭ މީހުންނަށް ހާއްސަކޮށް 500 ފްލެޓް އެޅުމަށް ނިންމައިފި
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށް 500 ހައުސިން ޔުނިޓް ގާއިމުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސިވިލް ސާވިސް އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަޒީފާގެ ފުރުސަތު، އެކުލަވާލެވޭ އުސޫލެއްގެ ތެރެއިން މަގުފަހިކޮށްދޭނެ ކަމަށެވެ. "ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ހޯދާއިދިނުމާއި ވަޒީފާ ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވައިދެއް އެކުލަވާލައި ތަންފީޒުކުރުމުގެ މަސައްކަތްވަނީ ފެށިފައި" އެމަނިކުފާނު ވިދާޅުވިއެވެ.

އަދި އަލަށް ފެށޭ ސޯޝަލް ހައުސިން ސްކީމްތަކުގައި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަ ކުރެވިގެން 500 ހައުސިން ޔުނިޓް ހިމެނުމަށް ނިންމާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް މީގެ ކުރިން ވަނީ ރަސްމާލެ ތަރައްގީކޮށް، މާލޭ ސަރަހައްދުން ގޯތި ބޭނުންވާ އެންމެނަށް ގޯތިކަށަވަރުކޮށްދޭނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

އެގޮތުން، ރަސްމާލެ ހިއްކުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާއިރު، އެ ސަރަހައްދުގައި 15،000 ހައުސިން ޔުނިޓު އެޅުމަށް ވަނީ ހުށަހަޅައިފައެވެ. ނަމަވެސް އެ މަޝްރޫއު އަދި އެއްވެސް ބަޔަކާ ހަވާލުކޮށްފައެއް ނުވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ