މާލެ: 31°C
ނުހިއްކާ ސަރަޙައްދުތަކުން ގޯތި ލިބުނު މީހުނަށް ގޯތި ލިބުނުކަމުގެ ވަގުތީ ލިޔުމެއް ލިބޭނެ: ރައީސް

ނުހިއްކާ ސަރަޙައްދުތަކުން ގޯތި ލިބުނު މީހުނަށް ގޯތި ލިބުނުކަމުގެ ވަގުތީ ލިޔުމެއް ލިބޭނެ: ރައީސް

February 4, 2024
3 ފަހަރު ބަލާފައި
ނުހިއްކާ ސަރަޙައްދުތަކުން ގޯތި ލިބުނު މީހުނަށް ގޯތި ލިބުނުކަމުގެ ވަގުތީ ލިޔުމެއް ލިބޭނެ: ރައީސް
ބިން ހިއްކާ ނުނިމޭ ސަރަޙައްދުތަކުން ގޯތި ލިބުނު މީހުންނަށް ގޯތި ލިބިފައިވާކަމުގެ ވަގުތީ ލިޔުމެއް ދޫކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް އެހެން ވިދާޅުވީ އެކި ކަންކަމުގައި ޢާއްމުންގެ ކަންބޮޑުވުންތަކާއި ގުޅޭގޮތުން ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ސުވާލުކުރެވޭ ގޮތަށް "ރައީސްގެ ޖަވާބު" ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމަށް  ރައްޔިތުންނަށް ގޯތި ހަވާލުކުރުމުގެ ކަންކަން ކުރިއަށްދާގޮތާމެދު އާންމުންގެ މީހަކު ކުރި ސުވާލަކަސް ޖަވާބުދެއްވަމުންނެވެ. ގިނަ ބައެއްގެ މަސްލަޙަތު ހިމެނޭ ގޯތީގެ ކަންކަން ކުރިއަށް ގޮސްފައިވާ ހިސާބަކީ ކޮބައިތޯ ސުވާލުކުރުމުން މިކަމާ ގުޅޭގޮތުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ގުޅިފަޅާއި ގިރާވަރު ފަޅުން ގޯތި ލިބުނު މީހުންނަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތްތައް ކުރައްވަމުން އަންނަކަމަށެވެ. މިދިޔަ ސަރުކާރުން ގިރާވަރު ފަޅާއި ގުޅީ ފަޅު ނުހިކެނީސް ގޯތި ދޫކޮށްފައިވާތީ އެކަމަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ، ބިން ނުހިއްކާ ސަރަޙައްދުތަކުން ގޯތި ލިބުނު ފަރާތްތަކަށް  ގޯތި ލިބުނުކަމުގެ ވަގުތީ ލިޔުމެއް ދިނުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
"ޤާނޫނީ ގޮތުން ރަޖިސްޓްރީއެއް މިހެދެނީ ބިން ހިކުނީމަ. ނަމަވެސް ގޯތި ލިބުނުކަން ކަށަވަރުކުރުމަށްޓަކައި ވަގުތީ ލިޔުމެއް ދިނުމުގެ މަސައްކަތްވެސް ދަނީ ކުރަމުން. އެހެންވީމަ ގުޅިފަޅުން ވިޔަސް، ގިިރާވަރު ފަޅުންވިޔަސް އަދި ހުޅުމާލޭގެ ފަޅުތެރެއިން ހިއްކަމުންދާ ބައިން ގޯތި ލިބުނު މީހުންނަށްވެސް ލިޔުމާއި ގޯތި ދޫކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށް އެބަދޭ." ރައީސް ވިދާޅުވިއެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ