"ބަނޑުހައިހޫނުކަމާއި ފަގީރުކަން ދަނީ އިތުރުވަމުން. މިއީ އެތައް ސަތޭކަމިލިޔަން މީހުންނެއްގެ އިގުތިސާދީ އަދި އިޖުތިމާއީ ހައްގުތަކަށް ކުރިމަތިވާ ބޮޑު ނުރައްކަލެއް،" ގުޓާރެސް ވިދާޅުވި އެވެ.އިންސާނީ ހައްގުތަކުގެ އެހެން ގިނަ ދާއިރާތަކެއްގައި ވެސް ދުނިޔޭގެ ހާލަތު މިހާރު އޮތީ ވަރަށް ގޯސް ހާލަތެއްގައި ކަމަށް ވެސް ސެކްރެޓަރީ ޖެނެރަލް ވިދާޅުވި އެެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގެ ދާއިރާއާއި އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ދާއިރާއާއި ސަރުކާރުތަކުގެ ހިޔާނާތާއި ފަސާދަ ހުއްޓުވުމުގެ ދާއިރާ އޭނާ ވަކިން ހާއްސަކޮށް ފާހަގަ ކުރެއްވި އެވެ. "މީޑިއާގެ މިނިވަންކަމާއި ނޫސްވެރިންގެ ސަލާމަތާއި ރައްކާތެރިކަން ގާތްގަނޑަކަށް ހުރިހާ ސަރަހައްދެއްގައި ވެސް ވަނީ ނުރައްކާތެރި މިންވަރަކަށް ދަށަށް ގޮސްފައި. މުއައްސަސާތަކަށް މީހުން ކުރާ އިތުބާރު ދަނީ ގެއްލެމުން. ހާއްސަކޮށް ޒުވާނުންގެ މެދުގައި. އަންހެނުންނަށާއި އަންހެންކުދިންނަށް ކުރާ އަނިޔާ ކޮވިޑް-19 ގެ ބަލިމަޑުކަމާ އެކު ވަނީ އިތުރުވެފައި،" ގުޓާރެސް ވިދާޅުވި އެވެ. ނަސްލީ ގޮތުން ތަފާތުކުރުމާއި އެއް ބަޔަކު އަނެއްް ބައެއްގެ ގޮތްތައް ތަހައްމަލުނުކުރުން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މި މައްސަލަތަކަށް އޮތް ހައްލަކީ ހުރިހާ ގައުމުތަކުން ގުޅިގެން އަޅަން 2020 ވަނަ އަހަހަރު އެކުލަވައިލި ފިޔަވަޅުތައް ތަންފީޒުކުރުމެެވެ.
"އިންސާނީ ހައްގުތައް ލިބިދިނުމަށް ހުރަސް އެޅޭ މުޅިން އާ ގޮންޖެހުންތަކެއް އެބަހުރި"

"އިންސާނީ ހައްގުތައް ލިބިދިނުމަށް ހުރަސް އެޅޭ މުޅިން އާ ގޮންޖެހުންތަކެއް އެބަހުރި"
ލިޔުން:
އިންސާނީ ހައްގުތައް ކަށަވަރުކޮށްދޭން މުޅި ދުނިޔޭގައި ކުރާ މަސައްކަތްތަކަށް މިހާރު މުޅިން އާ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންތޯނިއޯ ގުޓާރެސް މިއަދު ވިދާޅުވެއްޖެ އެވެ.
ބައިނަލް އަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަހާ ގުޅުވައި ގުޓާރެސް މިއަދު އާއްމުކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅޫވީ އިންސާނީ ހައްގުތަކުގެ ދާއިރާއިން އާ ގޮންޖެހުންތައް ކުރިމަތިވީ ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ތިން ކާރިސާއެއްގެ ސަަބަބުންނެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި މޫސުމަށް އަންނަ ބަދަލުތަކާއި ބަޔޯޑައިވާސިޓީ ގެއްލެމުން ދިއުމާއި ޖައްވު ނުސާފުވުމުވެ.
"އަދި އަ ބައެއް އާ ޓެކްނޮލޮޖީތަކުން އިންސާނީ ހައްގުތަކަށް ކުރިމަތިކުރާ ނުރައްކާތައް އަޅުގަނޑުމެންނަށް ކިރިޔާ މި އިހުސާސްވާން ފެށީ،" އޭނާ ވިދާޅުވި އެވެ.
މެސެޖް ފައްޓަވަމުން އޭނާ ވިދާޅުވި ގޮތުގައި އިންސާނީ ހައްގުތަށް މީގެ ކުރިން ދުވަހަކު ވެސް ކުރިމަތިނުވާހާ ގިނަ ގޮންޖެހުންތައް މިހާރު ދަނީ ކުރިމަތިވަމުންނެވެ. އެ ގޮންޖެހުންތައް ވަނީ އެއްކަމާއި އަނެއްކަން ގުޅިލާ މެހޭ ގޮތެއްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
