
ނޯޓިސް ދީގެން ވެސް މެމްބަރުން ހަމަނުވުމުން އެމްއާރްއެމް އުވާލަން ނިންމައިފި
ނޯޓިސް ދީގެން ވެސް މެމްބަރުން ހަމަނުވުމުން އެމްއާރްއެމް އުވާލަން ނިންމައިފި
ލިޔުން:
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިސްލާހީ ހަރަކާތަށް އުފެއްދެވި އެމްއާރުއެމް އަށް ނޯޓިސްއެއް ދިނުމަށް ފަހު ވެސް މެމްބަރުން ހަމަނުވުމުން އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ)ން ނިންމައިފި އެވެ.
ގާނޫނުގައި ބުނާގޮތުން ނަމަ ފާޓީއެއްގައި 3000 މެމްބަރުން ހަމަވާންޖެހޭނެއެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެމްއާރްއެމްގައި މިވަގުތު ތިބީ 2981 މެމްބަރުންނެވެ. އެގޮތުން ދެ ވަނަ ނޯޓިސްއެއް ދިނުމަށް ފަހު ވެސް މެމްބަރުން ހަމަ ނުވުމުގެ ސަބަބުން އެ ފާޓީ އުވާލަން އީސީން ވަނީ ނިންމާފައެވެ.
މިއީ އީސީން އެ ޕާޓިއަށް ނޯޓިސް ދިން ދެވަނަ ފަހަރެވެ. މިދިޔަ އަހަރުގެ މާރިޗް މަހުގެ ތެރޭގައި އެ ޕާޓީއަށް ނޯޓިސް ދީފައިވާއިރު، އީސީން އެންމެ ފަހުން ނޯޓިސް ދީފައި ވަނީ މިދިޔަ ފެބްރުވަރީ މަހުގެ ތެރޭގައެވެ. އަދި ދާދި ފަހުން ވަނީ ގިނަ އަދަދެއްގެ ބަޔަކު އެ ޕާޓީ އިން ވަކިވެފައެވެ.
އެމްއާރްއެމް އަށް މެންބަރުން ހަމަކުރުމަށް ދިން މުއްދަތު ހަމަވެ، އެ ޕާޓީ އުވާލާފައިވާއިރު، އެކަމާ ގުޅޭގޮތުން އަދި އީސީގެ ބަހެއް އަދި ނުލިބެއެވެ. އަދި އެ ޕާޓީންވެސް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
އެ ޕާޓީއަކީ މައުމޫނު އުފެއްދި ތިންވަނަ ފާޓީއަށް ވާއިރު، ފުރަތަމަ އެމަނިކުފާނު އުފެއްދެވީ ޑީއާރުޕީ އެވެ. އެ ޕާޓީގެ ހިންގުމުގައި އޭރު ހުންނެވި ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީއާ ދެމެދު އުފެދުނު ހިޔާލުތަފާތުވުމާ ހެދި އުފެއްދެވީ ޕީޕީއެމް އެވެ. އަދި އެއަށްފަހު ޕީޕީއެމް ދޫކޮށްލަން ޖެހިވަޑައިގަތީ، މައުމޫނުގެ ކޮއްކޯފުޅު، ކުރީގެ ރައީސް ޔާމީންއާ ދެމެދު އުފެދުނު މައްސަލަތަކުގެ ސަބަބުންނެވެ.
ޕީޕީއެމްގެ ރައީސްގެ މަގާމުގައި ހުންނަވައި މައުމޫން ހިތްހަމަނުޖެހުންފާޅުކުރައްވަން ފެއްޓެވީ ސަރުކާރުން ކަންކަން ކުރަމުންދާ ގޮތުން ރައްޔިތުންނާއި ގައުމަށް ގެއްލުންވަމުންދާ ކަަމަށް ވިދާޅުވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
