
ނޯތު ކޮރެއާގައި ފެންބޮޑުވުން ކޮންޓްރޯލް ކުރުމުގެ ޒިންމާ އަދާނުކުރެވުނު އޮފިޝަލުން، ކިމް ޖޮންގ އުން ގެ އެންގުމަށް މަރާލައިފި
ނޯތު ކޮރެއާގައި ފެންބޮޑުވުން ކޮންޓްރޯލް ކުރުމުގެ ޒިންމާ އަދާނުކުރެވުނު އޮފިޝަލުން، ކިމް ޖޮންގ އުން ގެ އެންގުމަށް މަރާލައިފި
ލިޔުން:
މިއަހަރުގެ ޖުލައިމަހު ނޯތު ކޮރެއާގައި ފެންބޮޑުވެ ހިނގި ހާދިސާތަކުގައި އެގައުމުގެ އެތައް ރައްޔިތުންނަށް ގެއްލުންވުމާ ގުޅިގެން، ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމުގައި ޙަރަކާތްތެރިވި 20 އާއި 30 އާއި ދެމެދުގެ ސަރުކާރު އޮފިޝަލުންނަށް މަރުގެ އަދަބު ދީފައިވާކަމަށް ދުނިޔޭގެ ހަބަރުފަތުރާ ނިއުސް އެޖެންސީތަކުން ރިޕޯޓުކޮށްފިއެވެ.
އެ ގައުމުގެ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ ޓީވީ ޗޯސުން އިން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ އުތުރު ކޮރެއާގެ 20-30 އާ ދެމެދުގެ ލީޑަރުންގެ މައްޗަށް ކޮރަޕްޝަނާއި ވާޖިބަށް އިހުމާލުވުމުގެ ދައުވާ އުފުލާފައިވާ ކަމަށާއި އެ ބޭފުޅުންނަށް ދައުލަތުން މަރުގެ އަދަބު ދީފައިވާ ކަމަށެވެ.
އަދި ހަމަ އެކަމާ ގުޅިގެން އުތުރު ކޮރެއާގެ ސެންޓްރަލް ނިއުސް އެޖެންސީ (ކޭސީއެންއޭ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިދިޔަ ޖުލައި މަހު ޗައިނާގެ ބޯޑަރު ކައިރީގައި އޮންނަ ޗަގަންގް ޕްރޮވިންސަށް ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމާ ގުޅިގެން އޮފިޝަލުންނަށް "ހަރުކަށި އަދަބު" ދިނުމަށް ކިމް ވަނީ ކަމާބެހޭ ފަރާތްތަކަށް އަންގަވައިފަ އެވެ.
މަރުގެ އަދަބު ދިން ސަރުކާރުގެ އޮފިޝަލުން ދެނެގަނެވިފައި ނުވި ނަމަވެސް ކޭސީއެންއޭ އިން ބުނި ގޮތުގައި ފެންބޮޑުވުމުގެ ކާރިސާގައި ކިމް ކުއްލި ބައްދަލުވުމެއްގައި މަގާމުން ވަކިކުރި ލީޑަރުންގެ ތެރޭގައި 2019 ވަނަ އަހަރުން ފެށިގެން ޗަގަންގް ޕްރޮވިންސްގެ ޕްރޮވިންޝަލް ޕާޓީ ކޮމިޓީގެ ސެކްރެޓަރީކަން ކުރައްވަމުން ގެންދަވާ ކަންގް ބޮންގް-ހޫން ވެސް ހިމެނެއެވެ.
މިދިޔަ ޖުލައި މަހު އުތުރު ކޮރެއާއަށް ކުރި ވިއްސާރައިގައި ބިންގަނޑު ކަނޑައިގެން ދިއުމާއި ފެންބޮޑުވުމުގެ ހާދިސާތައް ހިނގައި، 4،000 އަށް ވުރެ ގިނަ ގެއަށް އަސަރުކޮށް، 5،000 މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ. އަދި އެ ސަރަޙައްދުތަކަށް އުތުރު ކޮރެއާގެ ލީޑަރ ކިމް ވެސް ވަނީ ދަތުރުކުރައްވާފައެވެ،
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
