
ނޫސްވެރިންނަށް ހުރަސްނާޅަން އެމްއެމްސީއިން ގޮވާލައިފި
ނޫސްވެރިންނަށް ހުރަސްނާޅަން އެމްއެމްސީއިން ގޮވާލައިފި
ލިޔުން:
މާރާމާރީ އަދި މުޒާހަރަާފަދަ ބޮޑެތި އެއްވުންތަށް ކަވަރު ކުރާ ނޫސްވެރިންނަށް ހުރަސްނާޅަން މޯލްޑިވްސް މީޑިއާ ކައުންސިލުން ގޮވާލައިފިއެވެ.
މި އަހަރަށް ރައްޔިތުން މަޖިލީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތާ ދިމާކޮށް، މަޖިލިސްކުރާގޭ ސަރަހައްދުގައި ބޭއްވި އެއްވުން ފުލުހުން ރޫޅާލުމުގެ ތެރޭގައި، އެއްވުން ކަވަރުކުރުމަށް ހަރަކާތްތެރިވި ބައެއް ނޫސްވެރިންނަށް ފުލުހުންގެ ފަރާތުން ބޮޑެތި އަނިޔާ ލިބިފައިވާ ކަމަށް މީޑިއާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުންޏެވެ. އަދި އިތުރު ބައެއް ނޫސްވެރިންގެ މަސައްކަތަށް ފުލުހުންގެ ފަރާތުން ހުރަސްއެޅުމަކީ، އެ ކައުންސިލުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށްވެސް ބުންޏެވެ. .
" ނޫސްވެރިންގެ މަސްއޫލިއްޔަތު އަދާކުރުމުގަައި އެ ފަރާތްތަކުން ގާނޫނުތަކާއި ގަވާއިދުކާ ހިލާފު ނުވާާހާ ހިނދަކު، އެއްވެސް ފަރާތަކުން ނޫސްވެރިންގެ ވާޖިބުތަށް އަދާކުރުމަށް ހުރަސްއެޅުމަކީ، މި ކައުންސިލުން ބަލައިގަނެވޭނެ ކަމެއްނޫން " އެމްއެމްސީގެ ބަޔާނުގައި ބުނެފައިވެއެވެ.
މީޑިއާ ކައުންސިލުން ބުނީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ތެރޭގައި ޕްރޮފެޝަނަލް ވާޖިބު އަދާކުރަމުންދާހާ ހިނދެއްގައި އެއްވެސް ފަރާތަކުން، ނޫސްވެރިޔާގެ މަސައްކަތަށް ދަތިކޮށް ހުރަސްއެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެދި ހަމައެއާއިއެކު އެމްއެމްސީން ވަނީ ނޫސްވެރިން ވެސް މަސައްކަތްކުރާއިރު ގާނޫނާއި ޤަވާއިދުތަކާއި "ދިވެހި މީޑިއާގެ އަޚްލާޤީ މިންގަނޑު" އާއި އުސޫލުތަކުގެ ތެރެއިން، ޒިންމާދާރުކަމާއެކު މަސައްކަތްކުރުމަށް ހަނދާން ކޮށްދޭ ކަމަށެވެ.
މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވެސް ވަނީ އެއްވުންތައް ކަވަރު ކުރާ ނޫސްވެރިންނަށް ހުރަސްއަޅާ، އަނިޔާވެރިވާ ކަމަށް ބުނެ، އެކަމަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
