ނޫސްވެރިންނަށް ދިން އިންޒާރު ސީރިއަސް މައްސަލައެއްގެގޮތުގައި ބަލަން އެޗްއާރްސީއެމުން ގޮވާލައިފި

ނޫސްވެރިންނަށް ދިން އިންޒާރު ސީރިއަސް މައްސަލައެއްގެގޮތުގައި ބަލަން އެޗްއާރްސީއެމުން ގޮވާލައިފި
ލިޔުން:
ނޫސްވެރިންނަށް ނުރައްކަލެއް ކުރިމަތިވުމަކީ ސީރިއަސް މައްސަލައެއްގެ ގޮތަށް ބެލުމަށް ގޮވާލާ ކަމަށާއި ނޫސްވެރިންނަށް ހާއްސަ ރައްކާތެރިކަން ދޭންޖެހޭނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ.
އެޗްއާރްސީއެމް އިން މިހެން ބުނީ ދައުރު ނޫހުގައި ޝާއިޢުކޮށްފައިވާ ހަބަރަކާ ގުޅިގެން އެނޫހުގެ ދެ ނޫސްވެރިއަކަށް އިންޒާރުދެމުންދާ މައްސަލައާއި ގުޅިގެން އެ ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.
" ނޫސްވެރިންނަށް ޖިސްމާނީ ، ނަފްސާނީ އަދި އެނޫންވެސް ނުރައްކަލެއް ކުރިމަތިވުމަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި މިފަދަ މައްސަލަތައް ކަމާ ގުޅުން ހުރި ދައުލަތުގެ މުވައްސަސާތަކުން އެދެވިގެންވާ އަވަސް އަދި ފުރިހަމަ ތަހުގީގެއް ކުރުމަށް މިކޮމިޝަނުން ގޮވާލަމެވެ. " އެ ނޫސްބަޔާނުގައިވެއެވެ.
މީގެ އިތުރުން ވެސް މިނިވަން ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭފަދަ ކަންކަން ނުކުރުމަށް އާންމުންނަށް އިލްތިމާސްކުރާ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
'ދައުރު' ނޫހުގައި ޝާއިއު ކުރި ލިޔުމަކާއި ގުޅިގެން އެނޫހުގެ ސީނިއާ އެސޯސިއޭޓް އެޑިޓަރާއި ސީނިއާ އެޑިރަކަށް އިންޒާރު ދިން މައްސަލަ ބަލަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިދިޔަ ހޯމަ ދުވަހު ވަނީ ކުއްލި މައްސަލައެއް ވެސް ހުށަހަޅާފައެވެ.
ދައުރު ނޫހުގެ ނޫސްވެެރިޔާ އަހުމަދު ނާއިފަށް އިންޒާރު ދިން މައްސަލާފައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ނެރުނު ނޫސްބަޔާނެއްގައިވާ ގޮތުން ހިލްޓަން މައްސަލައިގެ ރިޕޯޓާ ގުޅޭ ގޮތުން އެ ނޫހުގެ އެޑިޓަރަކަށް ފުރަތަމަ ގުޅުއްވީ ސީދާ ސިޔާމެވެ. އެ ރިޕޯޓް ނަގަން އޭނާ އިންޒާރު ކުރެއްވި ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
"ސަން ކުންފުނީގެ ވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމު ވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައި ނޫހުގެ ސީނިއާ އެޑިޓަރަކަށް ފޯނުން ގުޅުއްވައި ކޯފާ އިސްކުރައްވައި ވާހަކަދައްކަފައިފަ އެވެ. އަދި ފަހުގެ އިންޒާރު ދެއްވަނީ ކަމަށް ވިދާޅުވެ، އާޓިކަލް ވަގުތުން ނަގަން އަހުމަދު ސިޔާމު އެންގެވި ކަމަށް ނޫހުން މައުލޫމާތު ދިނެވެ،" އެމްޖޭއޭގެ ބަޔާނުގައި ބުންޏެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
