ނޫސްވެރިން ތަމްރީން ކުރާ ކޯހެއް ފުވައްމުލަކުގައި ބާއްވަނީ

ނޫސްވެރިން ތަމްރީން ކުރާ ކޯހެއް ފުވައްމުލަކުގައި ބާއްވަނީ
ލިޔުން:
ޝަހީބު މީޑިއާއިން ފުވައްމުލަކު ސިޓީ ކައުންސިލާ ގުޅިގެންނޫސްވެރިން ތަމްރީނު ކުރުމުގެ ކޯހެއް އަންނަ ހަފުތާގައި ފަށާގޮތަށް ހަމަޖެހިއްޖެއެވެ.
މިއީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް އާ ނޫސްވެރިން އުފައްދައި ތަމްރީނުކުރުމުގެ ގޮތުން "ޝަހީބު މީޑިއާ" އިން ކުރިއަށްގެންދާ "ކާމިޔާބު ނޫސްވެރިޔާ" ޕްރޮޖެކްޓުގެ ފުރަތަމަ ކޯހެވެ. މިގޮތުން "ނޫސްވެރިކަމުގެ އަސާސީ ހުނަރު ދަސްކޮށްދޭ ކޯސް" ބޭއްވުމަށް ހަމަޖެހިފައި ވަނީ މި ހިނގާ މާރިޗު މަހުގެ 9-13 އަށް (ހަވީރު 4-6 އަށް އަދި ރޭގަނޑު 7-9 އަށް) ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާގެ "ކުރުދުމާ" މާލަމުގައެވެ.
މި ކޯހަކީ ކެރިއަރެއްގެ ގޮތުގައި ނޫސްވެރިކަން ކުރަން ބޭނުންވާ ޒުވާނުންނަށާއި ނޫސްވެރިކަމުގައި މަސައްކަތްކުރާ ފަރާތްތަކަށް ހިންގާ ޕްރޮގްރާމެއް ކަމުގައި ޝަހީބް މީޑިއާއިން ބުންޏެވެ.
" މި ކޯހުގެ އަމާޒަކީ އަތޮޅުތަކުގައި ތިބި ޒުވާނުން ވަޒީފާ ހޯދަން މާލެ ނައިސް، އަމިއްލަ ރަށުގައި ތިބެގެން ޚަބަރާއި މައުލޫމާތު ފެތުރުމަށް ނިއުސް ވެބްސައިޓް އުފައްދައި، ހިންގައި، ނޫސްވެރިކަމުން ނަފާ ހޯދުމާއެކު ވަޒީފާގެ ފުރުސަތުތައް އުފައްދައި ޒުވާނުން ބާރުވެރިކުރުން " ޝަހީބް މީޑިއާގެ ގެ ރައީސް އަދި ސީއީއޯ މުހައްމަދު ޝަހީބު ވިދާޅުވިއެވެ.
މި ކޯސް ކުރިއަށް ގެންދިއުމަށް ސްޓެލްކޯ އާއި އެސްޓީއޯގެ އިތުރުން ފުވައްމުލައް ސިޓީ ކައުންސިލްގެ ފަރާތުން އެހީވެދޭތީ، މި ކޯހުގައި ބައިވެރިވުމަށް ދަރިވަރުން އަތުން ފީއެއް ނުނަގާ ކަމުގައި ވެސް ޝަހީބު މީޑިއާއިން ބުންޏެވެ.
ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ވައިބާ ނަންބަރު 9934333 އަށް އައި.ޑީ ކާޑާއި ގުޅޭނެ ނަންބަރު ފޮނުވުމަށް ޝަހީބު މީޑިއާއިން އެދެއެވެ. މި ކޯހުގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ސުންގަޑިއަކީ މި މަހުގެ އަށެއް ވާ ބުދަ ދުވަހުގެ މެންދުރު 2:00 އެވެ.
"މީގެ އިތުރު ކޯސްތައް ބޭއްވުމަށް އެހެން ރަށްރަށާއެކު ވެސް މަޝްވަރާ ކުރަމުން އެބަގެންދަން. އަޅުގަނޑުމެން އުންމީދު ކުރަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މި އަހަރުތެރޭގައި އިތުރު ކޯސްތަކެއް ބޭއްވޭނެ ކަމަށް." ޝަހީބް ވިދާޅުވިއެވެ.
މި ކޯހުގައި ކިޔަވައިދެއްވާނީ ދިވެހި ނޫސްވެރިކަމުގެ ދާއިރާގައި ވަރަށް ތަޖުރިބާކާރު ދެ ބޭފުން ކަމުގައިވާ "ޝަހީބު މީޑިއާ"ގެ ރައީސް އަދި ސީއީއޯ މުހައްމަދު ޝަހީބު އާއި "ވަން އޮންލައިން"ގެ ސީއީއޯ އަދި އެޑިޓަރު ސިނާނު އަލީ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
