މާލެ: 31°C

ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
July 2, 2023
2 ފަހަރު ބަލާފައި
ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
މޯލްޑިވްސް މީޑިއާ ކައުންސިލް ( އެމްއެމްސީ) އިން އަހަރަކު އެއްފަހަރު ދެމުން އަންނަ ނޫސްވެރިންގެ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު އެ ކައުންސިލުން އިތުރުކޮށްފި އެވެ. އެމްއެމްސީ އިން ބުނިގޮތުގައި މިހާރު އެ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތަކީ މި ޖުލައި މަހުގެ 23 ވަނަ ދުވަހުގެ 13:00 އެވެ. އެ ކައުންސިލުން ބުނި ގޮތުގައި ނޫސްވެރިންނަށް އިނާމް ދިނުމުގެ މަގުސަދު ތަކަކީ، ނޫސްވެރިންނަށް ހިއްވަރު ދިނުމާއި، އިންސާފުވެރިކަމާއި ހަމަހަމަކަމާއި އެކު ނޫސްވެރިންގެ މަސައްކަތްތައް ފާހަގަ ކުރުމެވެ. އެމްއެމްސީ އިން ބުނީ، އެ އިނާމް ދިނުމަށް ކަނޑައަޅާފައިވަނީ، ނޫސްމަޖައްލާ ކެޓެގެރީ އަދި ބްރޯޑްކާސްޓިން ކެޓެގަރީގެ 12 ދާއިރާއަކަށް ކަމަށެވެ. އެ ދާއިރާ ތަކަކީ:
  • ތަހުގީގީ ނޫސްވެރިކަން
  • ދެމެހެއްޓެނިވި ތަރައްގީ އާއި އިޖްތިމާއީ ދާއިރާ
  • ސިޔާސީ
  • ޝަރުއީ އަދި ގާނޫނީ ދާއިރާ
  • ވިޔަފާރިއާއި އިގްތިސާދު
  • ކުޅިވަރު
  • ޕޮޓޯ ޖާރނަލިޒަމް
  • ވީޑިއޯ ޖާރނަލިޒަމް
  • ގްރެފިކް އާއި އިލެސްޓްރޭޝަން
  • ފީޗަރ
  • އުންމީދީ ނޫސްވެރިޔާ
  • އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާ
އިނާމު ދިނުމަށް ހަމަޖެހިފަިވާ ދާއިރާ ތަކުގެ ޝަރުތުތަކުގެ ތަފްސީލް " މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސް ވެރިކަމުގެ އިނާމު ދިނުމުގެ އުސޫލު" ގައި ހިމަނާފައި ވާނޭ ކަމަށް އެކައުންސިލުން ވަނީ ބުނެފައެވެ. އަދި އިނާމަށް ނަން ހުށަހަޅާ ފޯމާއި މާކްސް ތަށް ވެސް އެ އޫސުލުގައި ހިމަނާފައި ވާނޭ ކަމަށް އެމްއެމްސީ އިން ވަނީ ބުނެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ