
ދެކުނުގެ ކަނޑުތަކުގެ ދިރާސާ ނިންމާލައިފި، މިމަހު 15ގައި ރިޕޯޓް އާންމުކުރާނެ!
ދެކުނުގެ ކަނޑުތަކުގެ ދިރާސާ ނިންމާލައިފި، މިމަހު 15ގައި ރިޕޯޓް އާންމުކުރާނެ!
ލިޔުން:
ރާއްޖޭގެ ދެކުނުގެ ކަނޑުތަކުގެ ދިރާސާއެއް ކުރުމަށް މެރިން ސްޕޭޝަލް ޕްލޭން އެކުލަވާލުމަށް ބޭނުންވާ އިތުރު މައުލޫމާތު އެއްކުރުމުގެ ގޮތުން ނޭޝަނަލް ޖިއޮގްރިފިކްގެ ޕްރިސްޓީން ސީސް އިން ފަށާފައިވާ އެކްސްޕެޑިޝަން ނިންމާލައި، ރިޕޯޓްތައް ހާމަކުރުމަށް ނޫރާއްޖެއިން ނިންމާފި އެވެ.
އޯޔޫއެސް ޕްރެޒެންޓޭޝަން އޮންނާނީ މިމަހުގެ 15 ވަނަ ދުވަހު މެންދުރު 14:00 ކުން 13:00 ކަމަށް ނޫރާއްޖެއިން ބުނެއެވެ.
އެމްއެންޔޫ ގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ސާރވޭގައި ދެކުނުގެ ކަނޑުތަކުގެ ތަފާތު މައުލޫމާތާއި މިކަމުގައި ބައިވެރިވި ޓީމާ ވާހަކަ ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ނޫރާއްޖެއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވެއެވެ.
މި ސާރވޭގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ރެޖިސްޓްރީ ކުރެއްވުމަށް ޓްވީޓްގައި އިން ލިންކް މެދުވެރިކޮށް ކުރެވޭނެއެވެ.
[embed]https://twitter.com/NooRaajje/status/1633240342832218114?s=20[/embed]
ނިމިގެންދިޔަ އެކްސްޕެޑިޝަންގެ ސަބަބުން ރާއްޖޭގެ ކަނޑުފަޅުގެ ދިރުން ހިމާޔަތްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީގެ ކަންކަން ބައްޓަންކުރުމަށް އެހީތެރިވެދޭނެ މައުލޫމާތުތަކަކަށް ވާނެ ކަމަށް "ނޫރާއްޖެ" އިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
އެ ދަތުރުގައި ނޫރާއްޖޭގެ ސައިންޓިސްޓް މައީޝާ ގެ އިތުރުން ރާއްޖޭ އަދި ބައިނަލްއަގްވާމީ ގޮތުން ފާހަގަކޮށްލެވޭ ސައިންސްވެރިންވެސް ބައިވެރިވެފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
