
ށ. ނޫމަރާގެ ބަނދަރާއި ނެރު ފުންކުރުމުގެ މަސައްކަތް ނިމިއްޖެ
ށ. ނޫމަރާގެ ބަނދަރާއި ނެރު ފުންކުރުމުގެ މަސައްކަތް ނިމިއްޖެ
ލިޔުން:
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ށ. ނޫމަރާ ބަނދަރާއި ނެރު ފުންކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެއެވެ.
މި މަޝްރޫޢުގެ ދަށުން 6347 ކިއުބިކްމީޓަރުގެ ސަރަހައްދެއްގައި ބަނދަރާއި ނެރު ފުންކުރުމުގެ މަސައްކަތް ކޮށްފައިވާކަމަށް އެމްޓީސީސީން ބުނެއެވެ.
މިމަޝްރޫޢުގެ ދަށުން ބަނދަރާއި ނެރު ފުންކުރުމުގެ މަޝްރޫޢުގެ ސަބަބުން ށ. ނޫމަރާގެ ރައްޔިތުންނަށް ނެރާއި ބަނދަރު ބޭނުންކުރުމުގައި ދިމާވަމުންދިޔަ ދަތިތަކަށް ހައްލު ލިބި އޮޑިދޯނިފަހަރު ނެރުން ވަދެ ނިކުތުމުގައި އިތުރު ލުއިފަސޭހަކަމެއް ލިބިގެންދާނެކަމެށް ކަމަށް އެމްޓީސީސީން ބުނެއެވެ.
ހުޅަނގުގައި ހަޅަޖަހާ ރާޅުބިންދާއިރު އެރަށު ނެރު ބޭނުންނުކުރުމަކީ އުނދަގޫ ދަތިކަމެކެވެ. މި މަސައްކަތް އެމްޓީސީސީން ކޮށްފައިމިވަނީ، 2021 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން އެރަށު ބަނދަރަށް ވެލިއަރާ ތިލަވުމުގެ ސަބަބުން ނެރުގެ ބޭނުންއެއްގޮތަކަށްވެސް ނުކުރެވިވަނިކޮށެވެ.
އެގޮތުން ވޭތުވެދިޔަ 42 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
