
ނޮޅިވަރަމްގެ މަރު: ނިޝާމާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަނީ
ނޮޅިވަރަމްގެ މަރު: ނިޝާމާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަނީ
ލިޔުން:
ހދ. ނޮޅިވަރަމްގައި ގަތުލެއް ކަމަށް ބެލެވޭ ފަދަ އަލާމާތްތަކަކާއި އެކު މަރުވެފައި އޮއްވައި ފެނުނު، އެރަށު ހިތަށް ފިނިވާގޭ ނިޝާމާ މުހައްމަދުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާ ކަމަށް ފުލުހުން ރޭ ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ނިޝާމާގެ ހަށިގަނޑު ކުޅުދުއްފުށްޓަށް ގެންގޮސްފައިވާ ކަމަށާއި އެ ހަށިގަނޑު މާލެއަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުން އަދި ނިޝާމާ މުހައްމަދުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ތަހުގީގުޓީމުން ވަނީ ނިންމާފައި،" ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.
ނިޝާމާގެ މަރަކީ ގަތުލެއް ކަމަށާއި އެ ޖަރީމާ ހިންގީ އޭނާގެ ފިރިމީހާ އދ. ފެންފުށީ ރޯޒީ ވިލާ އަބޫބަކުރު ފައިސަލް، 32، ކަމަށް ނޮޅިވަރަމްގެ ބައެއް މީހުން ތުހުމަތުކުރެ އެވެ. އެއީ އޭނާގެ ހަށިގަނޑުގައި ޒަހަމްތަކެއް ހުރުމުންނެވެ.
ފުލުހުން ބުނި ގޮތުގައި ކޯޓުއަމުރެއްގެ ދަށުން އޭނާ ރޭ ވަނީ ހައްޔަރުކޮށްފަ އެވެ.
އެނގިފައިވާ ގޮތުގައި ފައިސަލް ހައްޔަރުކުރީ ކުޅުދުއްފުށި ޕޮލިސްސްޓޭޝަނަށް އޭނާ އަމިއްލައަށް ދިއުމުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
