
ނޮޅިވަރަމް ސްކޫލްގެ އިސްލާމް ޓީޗަރެއް މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި
ނޮޅިވަރަމް ސްކޫލްގެ އިސްލާމް ޓީޗަރެއް މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި
ލިޔުން:
ހދ. ނޮޅިވަރަމް ސްކޫލްގެ އިސްލާމް ޓީޗަރު މަސްތުވާތަކެއްޗާއެކު އިއްޔެ ހައްޔަރުކޮށްފިއެވެ.
ނޮޅިވަރަމް ކައުންސިލްގެ ރައީސް ޔޫސުފް މޫސާ މިއަދު "މިނިވަން" އަށް ވިދާޅުވީ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރީ އެރަށު ސްކޫލުގެ އިސްލާމް ޓީޗަރެއް ކަމަށްވާ ނާއިޒް އިބްރާހިމް އެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ އިއްޔެގެ ހަވީރުގެ ވަގުތެއްގައ،ި ކުޅުދުއްފުށިން ނޮޅިވަރަމަށް ގޮސް ހުއްޓާ އެ ރަށު ބަނދަރު މަތިންނެވެ.
ޔޫސުފް ވިދާޅުވީ އޭނާ ހައްޔަރުކުރި އިރު ފުލުހުންނަށް އޭނާގެ އަތުން ވަނީ މަސްތުވާތަކެތި ފެނިފައިވާކަމަށެވެ.
މީގެ ކުރިންް އޭނާއަށް ބައެއް މީހުން އެފަދަ ތުހުމަތު ކުރި ނަމަވެސް، އެއްވެސް ހެއްކެއް ފެނިފައި ނުވާތީ މީގެ ކުރިން އޭނާ ހައްޔަރުކޮށްފައި ނުވާކަމަށް ނޮޅިވަރަމް ކައުންސިލުން ބުންޏެވެ.
ނާއިޒް އިސްލާމް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރާތާ 10 ވަރަކަށް އަހަރުވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
