
ނޮޅިވަރަމް ގައި މީހަކު މަރާލައިފި
ނޮޅިވަރަމް ގައި މީހަކު މަރާލައިފި
ލިޔުން:
ހދ. ނޮޅިވަރަމް ގައި އެރަށު އަންހެނަކު މަރާލާފައިވާ ކަމަށް ބުނާ މައްސަލައެއް ފުލުހުން މިއަދު ތަހުގީގުކުރަން ފަށައިފި އެވެ.
ފުލުހުން ބުނީ ނޮޅިވަރަމް ގައި މިއަދު މީހަކު މަރާލާފައިވާ ކަމުގެ ރިޕޯޓެއް ލިބިގެން ފުލުހުން ދިޔަ އިރު އެތަނުގައި އޮތް އަންހެނަކު އެރަށު ހެލްތު ސެންޓަރަށް ގެންދިޔަ ކަމަށާއި އެތަނަށް ގެންދިޔަ އިރު ވެސް އޭނާ މަރުވެފައިވާ ކަމަަށް ޑޮކްޓަރުން މައުލޫމާތު ދިން ކަމަށެވެ. އެއީ 28 އަހަރުގެ ދިވެހި އަންހެނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ނުދެ އެވެ. އެހެން ނަމަވެސް ނޮޅިވަރަމުން މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވި މީހާގެ ހަށިގަނޑުގައި ގިނަ ޒަހަމްތަކެއް ވެސް ހުއްޓެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
