
ނޮޅިވަރަމް ދަނޑުގައި އަޅަން ގެންގޮސްފައި ހުރި ޓާފް ތަކުގައި ރޯކޮށްލައިފި
ނޮޅިވަރަމް ދަނޑުގައި އަޅަން ގެންގޮސްފައި ހުރި ޓާފް ތަކުގައި ރޯކޮށްލައިފި
ލިޔުން:
ހދ. ނޮޅިވަރަމް ފުޓުބޯޅަ ދަނޑުގައި ޓާފް އަޅަން އެރަށައް ގެންގޮސްފައި ހުރި ޓާފް ތަކުގައި ބަޔަކު ރޯކޮށްލައިފިއެވެ.
ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ކުރެއްވި ޓްވީޓެއެއްގައި ތުހުމަތުކުރައްވާފައިވާ ގޮތުގައި ނޮޅިވަރަމްގެ ދަނޑުގައި އަޅަން ގެންގޮސްފައި ހުރި ޓާފް ތަކުގައި ބަޔަކު ގަސްދުގައި ރޯކޮށްލީ އެވެ. ނޮޅިވަރަމްގައި ޓާފް އެޅުމުގެ މަސައްކަތް ދިގުލާ ގޮސްފައިވާ ކަމަށާއި އަދި މި އަމަލު ހިންގާފައިވަނީ އެތައް ގޮންޖެހުންތަކަކަށްފަހު ޓާފް އެޅުމުގެ މަސައްކަތް އަލުން ފަށަން ތިން ދުވަހަށް ވެފައި ވަނިކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޓްވީޓްގައި މަހުލޫފު ހިއްސާކުރެއްވި ވީޑިއޯއިން ފެންނަ ގޮތުން، ނޮޅިވަރަމްގައި ހުރި ޓާފްތަކުގެ ތެރެއިން އެއްވެސް މިންވަރެއް ބޭނުންކުރަން ލިބޭނެ ކަމަށް ނުބެލެވެ އެވެ.
[embed]https://twitter.com/AhmedMahloof/status/1620275263165833216?s=20&t=gM4DFRTR5AwMjU2K2RdVmw[/embed]
އެރަށު ކައުންސިލްގެ ނައިބުރައީސް މުހައްމަދު ހަސަން "މިނިވަން" އަށް ވިދާޅުވީ އަލިފާން ރޯވެފައިވާ ކަން ކައުންސިލް އެނގުނީ ރޭ މެންދަމުން އަލިވެ 3:30 އެހާކަށް ހާއިރު ކަމަށާއި އަލިފާންގަނޑު ނިއްވާލެވުނީ ޕަމްޕު ގުޅައިގެން ކުރިމަސައްކަތުން މިއަދު ހެނދުނު 6:00 ގެ ފަހުން ކަމަށެވެ.
"އަޅުގަނޑަށް ހީވަނީ މީ ބަޔަކު ގަސްދުގައި ކޮށްފައިވާ ކަމެއްހެެން." ހަސަން ވިދާޅުވިއެވެ.
އެކަން އެކައުންސިލުން އެންމެ ހަރުކަށި އިބާރާތުން ކުއްވެރި ކުރާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނޮޅިވަރަމް ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ފަށާފައިވަނީ 2019 ވަނަ އަހަރު ފަހުކޮޅުގައެވެ. އެ މަސައްކަތަށް ތިން އަހަރައްވުރެ ގިނަދުވަސް ވެފައިވާ އިރު އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އެމަސައްކަތް އަލުން ފަށައި، މަސައްކަތް ނިންމަން ގާތްގަނޑަކަށް ފަސް ދުވަހަށް ވެފައިވަނިކޮށް ކަމަށް ހަސަން ވިދާޅުވިއެވެ.
ނޮޅިވަރަމްގައި ޓާފްތަކުަގައި ރޯކޮށްލި މައްސަލަ ފުލުހުން މިހާރު ގެންދަނީ ބަލަމުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
