ނިޝާމާ މަރާލާފައިވަނީ ކަރުގައި އެެއްޗެއް އޮޅާ ނޭވާ ހާސް ކޮއްލައިގެން ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ނިޝާމާގެ ޕޯސްޓްމޯޓަމް ރިޕޯޓް މިހާރު ލިބިފައިވާ ކަމަށާއި އެރިޕޯޓްގައިވާ ގޮތުން ނިޝާމާ މަރާލާފައިވަނީ ކަރުގައި އެެއްޗެެއް އޮޅާ ބާރުކޮށްގެން ނޭވާ ހާސް ކޮއްލައިގެން ކަމަށެވެ. ނިޝާމާގެ ގާތިލަކީ އޭނާގެ ފިރިމީހާ ފައިސަލް ކަަމަށް ނިޝާމާގެ އާއިލާއިން ތުހުމަތު ކުރެ އެވެ. އެއީ ނިޝާމާ ހަބަރު ހުސްވެފައި އޮއްވާ ފައިސަލް ފުރައިގެން ކުޅުދުއްފުއްޓަށް ދިއުމާއި މަރުވެފައި އޮތް އިރު ނިޝާމާގެ މޫނު ނޫފައިގެންފައި އޮތުން ފަދަ ކަންތަތަކާ ހެދި އެވެ. ނިޝާމާގެ ގާތިލް ކަމަށް ތުހުމަތުކުރެވޭ އޭނާގެ ފިރިމީހާ އދ. ފެންފުށި ރޯޒްވިލާ، އަބޫ ބަކުރު ފައިސަލް ވަނީ ފުލުހުންނާ އަމިއްލައަށް ހަވާލުވުމަށްފަހު އޭނާ ހައްޔަރުކޮއްފައި ހުރި ގޮޅީގައި ދަންޖެހިގެން މަރުވެފައެވެ. އޭނާ މަރުވީ ދަންޖެހުމުގެ ސަބަބުން ލިބުނު ސީރިއަސް އަނިޔާތަކަށް ކުޅުދުއްދުށީ ރީޖިނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ދަންޖެހުނުތާ 4 ދުވަސް ފަހުންނެވެ.ނިޝާމާގެ މަރާ ގުޅިގެން ފައިސަލް ހައްޔަރުކުރީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް އޭނާ އަމިއްްލައަށް ދިއަތާ އެތައް އިރެއް ފަހުން، ކޯޓުއަމުރެއްގެ ދަށުންނެވެ.







