މާލެ: 31°C

ނިރުފެހިގެއިން ފެނުނު ފައިތިލަ އަކީ ބިދޭސީމީހާގެ ފައިތިލަކަމަށް ފުލުހުން ބުނެފި

February 23, 2023
2 ފަހަރު ބަލާފައި
ނިރުފެހިގެއިން ފެނުނު ފައިތިލަ އަކީ ބިދޭސީމީހާގެ ފައިތިލަކަމަށް ފުލުހުން ބުނެފި
ނިރުފެހިގެއިން ފެނުނު ފައިތިލަ އަކީ ބިދޭސީމީހާގެ ފައިތިލަކަމަށް ފުލުހުން ބުނެފި
މާލޭގައި ހިނގި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާ ކަމަށްވާ މ. ނިރުފެހިގޭގައި ހުރި ގަރާޖުގައި ހިނގި އަލިފާނުގެ ހާދިސާގައި އެގެ ސާފުކުރަމުން ދަނިކޮށް ފެނުނު ފައިތިލަ އަކީ މިހާދިސާގައި ގެއްލިގެން ހޯދަމުންދިޔަ ބިދޭސީ މީހާގެ ފައިތިލަ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު މ. ނިރުފެހި ގޭގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާގައި މިހާރު ކުރަމުން ދަނީ ތަހުގީގަށް ކުރަން ޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކަމަށެވެ. ފުލުހުން ބުނީ ނިރުފެހި ގެ ސާފުކުރަމުން ދަނިކޮށް ފެނުނު ފައިތިލަ އަކީ މަރުވެފައިވާ ބިދޭސީމީހާގެ ފައިތިލަކަމަށް ކަށަވަރުވެފައިވާ ކަމަށެވެ. އަދި އެ ފައިތިލަވަނީ މިހާރު ވަޅުލާފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ހާދިސާގައި ވަނީ 10 މީހުން މަރުވެފައެވެ. އެއީ ބަންގްލަދޭޝްގެ އަންހެނަކާއި ފިރިހެނަކާއި، އިންޑިއާގެ 3 އަންހެނުންނާއި 5 ފިރިހެނުންނެވެ. އެ ހާދިސާގައި މަރުވެފައި އޮއްވައި ފެނުނު  ބައެއް މީހުންގެ ހަށިގަނޑުތައް ވަނީ ކާކުކަން ނޭންގޭ ވަރަށް އަނދައިފައެވެ. އޭގެ ފަހުންގުޅީފަޅުގައި ހިނގާދިޔަ އަލިފާނުގެ ހާދިސާގައި އެ ސަރަހައްދުން ފެނުނު ހަށިގަނޑަކީ އެސަހަރައްދުން ގެއްލުނު މީހާކަން ކަށަވަރު ކުރެވިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. އެ ހަށިގަނޑު އާއިލާއާއި ހަވާލު ކުރުމަށް އިންޑިއާއަށް ފޮނުވައިފި ކަމަށް ވެސް ފުލުހުން ބުނެޏެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ